ބިޑަކާ ނުލާ މިސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ ތެރެއިން ގިނަ މަޝްރޫޢުތައް ފެއިލްވާނެ ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޢުމަރު ވިދާޅުވީ، ރައްޔިތުންގެ މަޖްލިސްގެ މެންބަރުންނަށާއި، ޕާޓީ މީހުންނަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުމުގެ ކުޅިވަރު ފެށުނީ، 30 ސެޕްޓެމްބަރ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
އެގޮތުން އެއިރުގެ މަޖްލިސް މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުނި ހެވީ ލޯޑަށް، 20 މިލިއަން ޑޮލަރަށް ތިލަފުށީ ބިންހިއްކުމުގެ ޕްރޮޖެކްޓް ޙަވާލުކުރި ކަމަށާއި، އެކަން ނިމުނީ ޕްރޮޖެކްޓް ފެއިލްވެ، ދެން އެހެން ޕާޓީއެއް ސަރުކާރަށް އައުމާއެކު، ރީކޯ މޫސަ ޕާޓީ ބަދަލު ކުރަށްވައި އެކަމުގެ އިނާމަކަށް ބަދަލުގެ ނަމުގައި ލ. އަތޮޅު ބޮޑުހުރާ ފަރެސް އަދި ކުޑަފަރެސް ހަމަ އެކުންފުންޏަށް ދީގެން ކަމަށް ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ، މިއަދު އެކަން މިވަނީ އާ ހަރުފަތަކަށް އަރާފައި ކަމަށާއި، ހަމަހަމަ ކަމާއެކު ވާދަކުރުމުގެ ފުރުސަތު އެހެން ކުންފުނިތަކަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް، މަޖްލިސް މެންބަރުންނާ އެމީހުންނާ ގުޅުން ހުރި ކުންފުނިތަކަށް ދައުލަތުގެ ޕްރޮޖެކްޓްތައް ބަހާލާ، އާންމު ވިޔަފާރިތަކަށް ލޯނު ދޫކުރަން ބޭންކް އޮފް މޯލްޑިވްސް ގައި ހުރި ފައިސާތައް މިކުންފުނިތަކަށް މި ބަހާލަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށެވެ.
"ބަހާލެވުނު 2.7 ބިލިއަން ރުފިޔާގެތެރެއިން ގިނަ ޕްރޮޖެކްޓް ފެއިލްވާނެއެވެ. އަދި ވެރިކަން ބަދަލުވުމާއެކު ޕްރޮޖެކްޓްތައް ނެގި ފަރާތްތައް ޕާޓީ ބަދަލުކޮށް އެހެން ލަވައެއް ކިޔަންފަށާއިރަށް، ބަދަލުގެ ނަމުގައާއި، އެހެނިހެން ނަންނަމުގައި ފަޅުރަށްތަކާއި އެހެނިހެން ކޮންޓްރެކްޓްތައް ލިބިގެންދާނެއެވެ." ޢުމަރު ވިދާޅުވިއެވެ.
ހަމައެއާއެކު ޢުމަރު ވަނީ، މިއީ ވޭތުވި 20 އަހަރު ތެރޭ، ސިޔާސީ ޕާޓީތަކުން، ވެރިކަން ކުރި ގޮތް ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކަށް ފާޑު ވިދާޅުވެފައެވެ.
"ޕާޓީތަކުން ވެރިކަން ކޮށްދެނީ "ޕާޓީއަށެވެ." ޤައުމަކަށް ނޫނެވެ. ދީނޭ، ޤައުމޭ، ޑިމޮކްރެސީއޭ، ހައްޤުތަކޭ، މިއީ ހުސް ދޮގު ހޮޅި ވާހަކައެވެ. ޕާޓީތައް ތަމްސީލް ކުރަނީ އަމިއްލަ އެދުމާ، ފައިސާ އާއި ނުހައްޤު މުއްސަދިކަމެވެ." ޢުމަރު ވިދާޅުވެފައިވެއެވެ.
ޢުމަރު މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓްރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.
މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު