ބިޑަކާނުލާ ކޮރަޕްޝަނަށް ފަހިވާގޮތަށް ދިން ޕްރޮޖެކްޓުތަކުން ގައުމުދާނީ 40 އަހަރު ފަހަތަށް ކަމަށް އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފު) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މާލިއްޔަތު ޤާނޫނަށް ބަދަލު ގެނެސްގެން ބިޑަކާ ނުލާ މިސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫޢަށް އިޝާރާތް ކުރަށްވަމުންނެވެ.
އެގޮތުން ޝަރީފް ވިދާޅުވީ، "ޑީއާރުފީން" އުފެދުނު، "ޕީޕީއެމުން" އުފެދުނު "ޕީއެންސީން" ދިވެހިރާއްޖޭން މިދިޔަ 40 އަހަރުގެ ތެރޭގައި، ހޯދާފައިވާ ކާމިޔާބާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ސިޔާސީ ބޭނުމަށް ދޫކޮށްލާނެ ކަމަށް އުންމީދު ނުކުރަށްވާ ކަމަށެވެ.
އަދި ރައީސް ވިދާޅުވެފައިވަނީ، 2040 ވަނަ އަހަރު އަންނަންވާއިރަށް އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ބަދަލުކުރާނެކަމަށް ކަމަށާއި، ނަމަވެސް ފެނުނީ އެހެން މަންޒަރެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
"ބިޑަކާނުލާ އިހައްދުވަހު ދޫކޮށްލި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތަކުން އެނގިގެން ދިޔައީ ދިވެހިރާއްޖެ 40 އަހަރު ފަހަތަށް ސޮއްސާލައިފިކަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓްރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.
މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު