ކުރިޔަށް އޮތްތަނުގައި އަންނަ ރުޅީގައި ކަންކަން ނުނިންމެވުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިލްތިމާސް ކުރަށްވައިފިއެވެ.
ޑރ. އިޔާޒް މި އިލްތިމާސް ކުރެއްވީ އޭނާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް، މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. އިޔާޒްގެ މި އިލްތިމާސްގެ މަޤްޞަދަކީ، ޤައުމީ މުހިންމު ކަންކަމުގައި ނިންމުންތައް ނިންމާއިރު، އަވަސް އަރުވާލައިގެންނާއި ޖަޒުބާތީގޮތުން ގޮތް ނިންމުމުގެ ބަދަލުގައި، ވިސްނުންތެރިކަމާއެކު، އެކަމެއްގެ ހުރިހާ ދިމާލެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހަނދާން ކޮށްދިނުމެވެ.
ޑރ. އިޔާޒް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، "الحمد لله. ކުރިޔަށް އޮތްތަނުގައި ވެސް އަންނަ ރުޅީގައި ކަންކަން ނިންމެވުމުގެ ބަދަލުގައި ވިސްނުންތެރިކަމާއި އެކު، ކަމުގެ ދެކޮޅު ބައްލަވާފައި މެނުވީ ފިޔަވަޅެއް ނޭޅުއްވުމަށް ރައީސް މުޢިއްޒަށް ނަޞޭޙަތްތެރިވަން. ޙުޖުރާތް ސޫރަތުގެ 6 ވަނަ އާޔަތް ދިރާސާކޮށްލެއްވުމަށް އިލްތިމާސް ކުރަން." މިހެންނެވެ.
ޑރ. އިޔާޒްގެ މެސެޖުގައި ސޫރަތުލް ޙުޖުރާތުގެ 6 ވަނަ އާޔަތް ދިރާސާ ކޮށްލެއްވުމަށް އިލްތިމާސް ކުރަށްވާފައިވާއިރު، އެއާޔަތުގައި ވަނީ ޚަބަރެއް ލިބުމުން އެ ޚަބަރެއްގެ ތެދުދޮގު ބެލުމަށް އަންގަވާފައެވެ.
އެހެންކަމުން މި އިލްތިމާސްގައި ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ޑރ. އިޔާޒް މިވަނީ ރައީސް ޑރ. މުޢިއްޒަށް، އިސްލާމީ އަޚްލާޤީ މިންގަނޑުތަކާ އެއްގޮތަށް ވެރިކަން ހިންގުމަށް، މުހިންމު ދީނީ އިރުޝާދުތަކެއް ދެއްވާފައެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ އަލުން އިޔާދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު