ސިފައިން އަތުލައިގަތް ބޯޓު-
ސިފައިން އަތުލައިގަތް ބޯޓު-
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އަތުލައިގަތް ބޯޓާއި އެ ބޯޓުން ފެނުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެކެވެ.

އެ ބޯޓަކީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެެއް ކަމަށާއިއެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ލަންކާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެެވެ. އަދި އެމްއެންޑީއެފުން ބޯޓު ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ލަންކާގެ ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.

އެމައްސަލައިގެ ތަހުޤީޤަށް ލަންކާ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. މިކަން ފުލުހުންގެ ހިދުމަތުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.



މި މައްސަލައިގެ އަޕްޑޭޓް ހިއްސާކުރަމުން އެމްއެންޑީއެފުން މިއަދު ބުނީ ދިވެހިރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ގިނައަދަދެއްގެ ތަކެތި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް