އޭސީޕީ އަޙްމަދު ޝިފާންގެ ރެކޯޑުތަކަކަށް އެހެން އޭސީޕީއަކު ބަދަލު ގެނައި މައްސަލައެއް ބަލައިދިނުމަށް އޭނާ ފުލުހުންގެ ކޮމިޝަނަރަށް ހުށައަޅުއްވައިފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީއެއްގައި ވަނީ، ޝިފާން ވަނީ އޭނާއާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑު (ޕީއެސްސީ) ގައި ރެކޯޑް ކޮށްފައި ވަނިކޮށް، އެ މައުލޫމާތުތަކަށް އެހެން އޭސީޕީއަކު ބަދަލު ގެނެސްފައިވާ ކަމަށް ތުހުމަތު ކުރަށްވާފައެވެ.
އެގޮތުން އެސިޓީގައި ޝިފާން ވިދާޅުވީ، އޭނާއާ ބެހޭ ޒާތީ މައުލޫމާތުތަކެއް މި އަހަރުގެ މެއި މަހު ޕީއެސްސީގައި ރެކޯޑް ކޮށްފައިވާ ކަމަށާއި، އެހެން އޭސީޕީއަކު އެ ރެކޯޑުތަކަށް ބަދަލު ގެނެސްފައިވާކަން ޑިޖިޓަލް ޑޭޓާ އަދި ޓެކްނޮލޮޖީގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މެއި 29 ގައި ރަސްމީކޮށް ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައިވާނެ ކަމަށް ވެސް އެ ސިޓީގައި ޝިފާން ފާހަގަ ކުރަށްވާފައިވެއެވެ.
"އަޅުގަނޑާ ބެހޭ ގޮތުން، މި ހިދުމަތުގައި ޕީއެސްސީގެ ނިޒާމުގައި ރައްކާ ކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތައް މައުލޫމާތެއް، ބައެއް ރަސްމީ އިދާރާތަކާއި ލޯކަލް ބައެއް ނޫސް އެޖެންސީތަކަށް، މި ނިޒާމަށް އެކްސެސް އޮތް ފަރާތްތަކުން، 8 ނޮވެމްބަރުގައި ހިއްސާ ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ." ޝިފާން ސޮއިކުރަށްވައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ފޮނުއްވި ކަމަށްބުނާ ސިޓީގައިވެއެވެ.
އެހެންކަމުން ފުލުހުންގެ ހިދުމަތުގައި އެކަށަައަޅާފައިވާ ނިޒާމުގެ ތެރެއިން އެމައްސަލަ ބަލައި ދިނުމަށް ސީޕީ ނަވީންގެ އަރިހުން ޝިފާން ވަނީ އެދިވަޑައިގެންފައެވެ.
ޝިފާންގެ މިފަދަ ސިޓީއެއް ޢާއްމު ވެފައިވާއިރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު