ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު
ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ފަސް އަހަރު ދުވަސް ހޭދަކުރަމުންދަނީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކުގެ ރިބަން ކެނޑުމުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު (ސަޢުދު) ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ސަޢުދު ވިދާޅުވީ، މިސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި، ރައްޔިތުންނަށް ދަތިކުރުމަށްފަހު، އެހެން މީހުން ކޮށްފައިވާ މަސައްކަތްތަކާ ހަވާލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ދިވެހިންނަކީ އެހާ ޤަމާރު ބައެއް ނޫން ކަމަށާއި، "އަސްލު ލަދުވެސް ނެތީ." ކަމަށް ވިދާޅުވެ ސަޢުދުވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެއިތުރުން ރައީސް މުޢިއްޒަށް ނިސްބަތް ކުރަށްވައި ސަޢުދު ވިދާޅުވީ، "ޑރ. މުޢިއްޒު މި ފަސް އަހަރު ތިދަނީ ހުސް ރައީސް ޞާލިޙް ނިންމަވާފައި ހުރި މަސައްކަތުގަ ރިބަން ކަނޑަމުން" ކަމަށެވެ.

ސަޢުދު މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން އިންޑިޔާގެ އެހީގައި ހަނިމާދޫގައި ތަރައްޤީކުރި އެއަރޕޯޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ ހުޅުއްވައި ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް