މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާކަން މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިކަން އިއުލާން ކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ޕާޓީގެ ޓިކެޓް ހޯދުމަށް ކުރިމަތިލެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި އަލީ އާޒިމް އެވެ.
އަލީ އާޒިމަށް ތާއީދު ކުރައްވާކަން އިއުލާން ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ރައީސް ނަޝީދު ވަނީ އަލީ އާޒިމަށް ވޯޓް ދެއްވަން އެދިވަޑައިގެންފައެވެ. އަދި އޭނާގެ ކެމްޕޭން ފޮޓޯއެއްވެސް ވަނީ ހިއްސާކުރައްވާފައެވެ.
އަލީ އާޒިމަކީ ރައީސް ނަޝީދާއެކު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ރައީސް ނަޝީދާއެކު އަލުން އެމްޑީޕީއަށް ވަޑައިގެންނެވީ މިއަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު