ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓްރޭޑްމާކާ ބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ދައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ޓްރޭޑްމާކް ބިލް ފާސްކުރުމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މި ޤާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ، އަދި ބޭރުގެ ޓްރޭޑްމާކްތައް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވިގެން ދާނެކަމަށެވެ. އަދި ފިކުރީ މުދަލުގެ ޙައްޤުތައް ދިވެހިރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޓްރޭޑްމާކުގެ ޤާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ޙައްޤުގެ ވެރިފަރާތްތަކަށް އެފަރާތަކުން އުފައްދާ މުދަލަށް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ އެކްސްކްލޫސިވް ޙައްޤު ޔަޤީންކުރެވި، އުފެއްދުންތަކުގެ ސައްޙަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަރފީޓްކުރުން މި ޤާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ހަދާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީކުރެވޭނެ ކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
މަޖިލީހުން ޓްރޭޑްމާކް ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު