ރައީސް ޑރ. މުހައްމަދު މުއިއްޒު، މެމްބަރު މުހައްމަދު އައްބާސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، މެމްބަރު މުހައްމަދު އައްބާސް
މަޝްރޫޢުތައް ކުންފުނިތަކަށް ބައްސަވާލެއްވުމަކީ ދިވެހި ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޣައްދާރުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އައްބާސް ވިދާޅުވީ 1.5 ބިލިއަން ރުފިޔާ އަށް ކުރެވޭނެ މަސައްކަތް 2.7 ބިލިއަން ރުފިޔާ އަށް ބައްސަވާލެއްވުން އެއީ ދިވެހި ޤައުމަށް ރައީސް ޑރ. މުއިއްޒު ޤައްދާރުވުން ނޫން ގޮތަކަށް ސިފަ ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުއާ ޤާނޫނު އަރާ ހަމަކުރާނެކަމީ ޝައްކެތް އޮތްކަމެއްނޫން.. ސް ޑރ.މުއިއްޒު ގެ އުމުރުގެ ފަހު ދުވަސްތަށް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤައުމަށް ޤައްދާރުވި ކުށް ސާބިތުވެ ޖަލުގެ ކުޑަގޮޅީގައި." އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ރައްޔިތުން ކަރަންޓު ބިލު ނުދެއްކި، ފެންބިލު ނުދެއްކި، ރަނގަޅު ބޯހިޔާވަހި ކަމެއް ނެތިފައި، ދަރަނިވެރިވެފައި ވާހާލަތުގައި ތިއްބައި ކުރީގެ ސަރުކާރު ކިޔާފައި ރައްޔިތުން މޫނުގައި ތެތްގޯނި އަޅުވާލުމަށްފަހު، ބިޑަކާ ނުލާ މި ސަރުކާރުން ބައިމީހުންނަށް ޕްރޮޖެކްޓުތަށް ބާހާލީ ހިތިހުރި ގޮތަކަށް ކަމަށެވެ.

ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ބައިވެރިން މި ދައުލަތް ލޫޓުވާލުން ބަލައެއް ނުގަނެވޭނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު