ސިއްހީ ދާއިރާއަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު، ދައުލަތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި މޫސާ އަންވަރަށް، މިއަދު އަރުވައިފިއެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، އައްޑޫ މީދޫއަށް އުފަން މޫސާ އަންވަރަށް މި އިނާމު އަރުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މޫސާ އަންވަރު މަސައްކަތުގެ މާޙައުލަށް ނިކުންނެވީ އައްޑޫ ގަމުގައި އިނގިރޭސީން އުޅުނު ދުވަސްވަރު، ރޯޔަލް އެއާ ފޯސްގެ ރީޖަނަލް ސެންޓަރުންނެވެ. އުމުރުން 16 އަހަރުގައި އެ މަރުކަޒުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތީ އިނގިރޭސި ބަހަށް ފަރިތަވުމުގެ ސަބަބުންނެވެ.
މޫސާ އަންވަރު ދައުލަތަށް ރަސްމީކޮށް ހިދުމަތްކުރައްވަން ފެއްޓެވީ މާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމަށް ފަހު، 1977 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެލައިޑް ހެލްތު ސާވިސަސްގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައެވެ.
އެލައިޑް ހެލްތު ސާވިސަސްގައި ހުންނަވައިގެން މޫސާ އަންވަރު ވަނީ ގިނަ އަދަދެއްގެ ނަރުހުންނާއި ހެލްތު ވޯކަރުންނާއި ފާމަސިސްޓުން ތަމްރީނުކުރައްވައިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
ހެލްތު މިނިސްޓްރީގައި މޫސާ އަންވަރު ވަނީ ހެލްތުގެ އެކި މަގާމުތައް ފުރުއްވައިފައެވެ. މި ޒިންމާތަކުގައި، ރަށްރަށުގައި ރީޖަނަލް ހޮސްޕިޓަލްތައް އެޅުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި، ސިއްހީ ހިދުމަތްތައް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަރުހަލާގައި ވެސް އެނާ ވަނީ އިސްކޮށް މަސައްކަތްކުރައްވައިފައެވެ. އޭގެ އިތުރުން ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓުކުރުމުގައި ވެސް މޫސާ އަންވަރު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
މޫސާ އަންވަރު ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައެވެ.

ކިޔުންތެރިންގެ ހިޔާލު