ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމާއި، ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޝާހިދު ވިދާޅުވީ، މިސަރުކާރަކީ ދެއްކުންތެރިކަން އިސްކުރާ ނާޤާބިލް ސަރުކާރެއްކަން ފަޅާ އަރަމުން އަންނަ ކަމަށެވެ.
އަދި ފުވައްމުލަކާއި އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު ސަރުކާރު މިއޮތީ ނިދާފައިތޯ ޝާހިދު ސުވާލު އުފައްދަވާފައިވެއެވެ. ހަމައެއާއެކު ޝާހިދު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
އޭގެއިތުރުން ޝާހިދު ވިދާޅުވީ، "ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއްވީއިރުވެސް، އެމައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ފެނަކަ ކޯޕަރޭޝަން ނުކުޅެދި، ފުވައްމުލަކުުގެ ގޭބިސީ ތަކުގައި ދިރިއުޅޭ ރައްޔިތުން އެވަނީ އަަސާސީ ޙައްޤަކުން މަހުރޫމު ކުރެވިފައެވެ. ރައްޔިތުގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމާއި، ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު މިވަނީ ފެއިލް ވެފައެވެ."
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، މިމައްސަލައާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ޙިއްސާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ފެނުގެ ނިޒާމަށް ދިމާވަމުންދާ މައްސަލަތައް ދެނެގަތުމަށްޓަކައި ފެނަކަ ފުވައްމުލަކު ބްރާންޗާއެކު ބޭއްވި ބައްދަލުވުންތަކުން އެފަރާތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، އެމައްސަލަ ހައްލުކުރެވޭތޯ ކައުންސިލުން ދަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އޭގެއިތުރުން ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، އެސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދަންޖެހޭ ޓެސްޓްތަކާއި، ކުރަންޖެހޭ އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ފެނަކައިގެ އިސްވެރިންނާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އަދި ފެނަކައިން އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފެނުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 02 ދުވަސް ވާނެކަމަށް ލަފާކުރެވޭ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ރައްޔިތުން ބޯން ބޭނުންވާ ފެން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހޭތޯ ކައުންސިލުން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންކަން ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.

ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއްވީއިރުވެސް، އެމައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ފެނަކަ ކޯޕަރޭޝަން ނުކުޅެދި، ފުވައްމުލަކުުގެ ގޭބިސީ ތަކުގައި ދިރިއުޅޭ ރައްޔިތުން އެވަނީ އަަސާސީ ޙައްޤަކުން މަހުރޫމު ކުރެވިފައެވެ. ރައްޔިތުގެ…
— Abdulla Shahid (@abdulla_shahid) November 11, 2025
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، މިމައްސަލައާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ޙިއްސާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ފެނުގެ ނިޒާމަށް ދިމާވަމުންދާ މައްސަލަތައް ދެނެގަތުމަށްޓަކައި ފެނަކަ ފުވައްމުލަކު ބްރާންޗާއެކު ބޭއްވި ބައްދަލުވުންތަކުން އެފަރާތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، އެމައްސަލަ ހައްލުކުރެވޭތޯ ކައުންސިލުން ދަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އޭގެއިތުރުން ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، އެސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދަންޖެހޭ ޓެސްޓްތަކާއި، ކުރަންޖެހޭ އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ފެނަކައިގެ އިސްވެރިންނާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އަދި ފެނަކައިން އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފެނުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 02 ދުވަސް ވާނެކަމަށް ލަފާކުރެވޭ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ރައްޔިތުން ބޯން ބޭނުންވާ ފެން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހޭތޯ ކައުންސިލުން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންކަން ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު