ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ޝަރުޢީ ދާއިރާ އިން ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ޖުމުހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތައް ޝަރުޢީ ދާއިރާއިން ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށާއި، މިކަމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ، "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތައް ހައްލުކޮށްދިނުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކޯޓަށް ގެނެސްގެން ނިންމަންޖެހިފައިވާ "ވާނުވާ" ގައި ތިބި އެންމެންގެ މައްސަލަތައް އަވަހަށް ޖުޑިޝަރީން ނިންމަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް "ވާނުވާ" ބަންދުގައި މީހުން ތިބެގެން ނުވާނެ ކަމަށާއި، އެމީހުންނަށް ލިބިފައިވާ ޙައްޤުތަކެއް އޮންނާނެ ކަމަށެވެ.
"އެހެންވީމާ އަދުލްވެރިކަމާއި އިންސާފުވެރިކަމާއި އެކީގައި އަޅުގަނޑަށް ހަމަ 100 ޕަސެންޓު ޔަޤީން ޖުޑިޝަރީން ވަރަށް އަވަހަށް މިކަން ނިންމަވާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤާނޫނީ ހަމަތަކުގެ ތެރެއިން ޙައްލެއް ހޯދަން ޖެހިފައިވާ "ވާނުވާ" ޖަހާފައިވާ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި، ޤާނޫނީ ނިޒާމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަކެއް ނުވަތަ ކަމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކެއް ވާނަމަ، ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. މިގޮތުން ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަމުގައި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި އަދި ޗެކް އެންޑް ބެލެންސް ނިޒާމް ޤާއިމުކުރުމުގައި ސަރުކާރުން ފުރިހަމައަށް އެއްބާލުން ދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ވެވަޑައިގެންނެވި ވަޢުދުގެ ތެރެއިން، މިހާރު ކުރިއަށް އޮތް އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި، ޝަރުޢީ ދާއިރާ އޭގެ އަސްލު މާނައިގައި މިނިވަން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ހިންގުން ވަކިކޮށްދީ، ޚިދުމަތް ދިނުމުގައި އަމިއްލައަށް ޚަރަދު ކުރެވޭނެ ގޮތް ޤާއިމުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމަށްޓަކައި، މުޅި ޖުޑީޝަރީއަށް ވަކި އިންސައްތައެއްގެ ގޮތުގައި ބަޖެޓެއް ކަނޑައަޅައި، އެމްއެމްއޭގައި ވަކި އެކައުންޓެއް އުފައްދައި، އެ އެކައުންޓްގެ ތެރެއިން ޖުޑީޝަރީގެ ޚިދުމަތްތަކާއި ޚަރަދުތައް ކުރެވޭނެ ގޮތް ޖުޑީޝަރީގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން، ޖުޑީޝަރީއަށް ވަސީލަތްތައް ހޯދުމާއި، މުވައްޒަފުން ހޯދުމާއި، އަދި އެހެނިހެން ޚަރަދުތައް ކުރުމުގައި ކޮންމެ ދުވަހަކު ވަކި ތަނަކުން ހުއްދަ ހޯދަން ނުޖެހޭނެ ގޮތަށް މިނިވަންކަން ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، ޖުޑީޝަރީއަކީ މިނިވަންކަމާއި ޢަދުލުވެރިކަމާއެކު ހިނގާ ދާއިރާއަކަށް ހެދުމަށް ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު