ރައްޔިތުން ރަނގަޅު މިސްރާބަކާ ދިމާލަށް ގެންދިއުމަކީ ސަރުކާރާއި ރައީސުލްހުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލު އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށާއި ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެންމެން އެކަމަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ތަބާވާނީ އެމީހުންގެ ވެރިންނަށް ކަމަށެވެ.
އެހެންކަމުން ރައްޔިތުން ރަނގަޅު މިސްރާބަކާ ދިމާލަށް ގެންދިއުމަކީ ސަރުކާރާއި އަދި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ތަބާވާން ބޭނުންވާނީވެސް އެ މީހުންގެ ބޭނުންތަކަކީ ކޮބައިކަމަށްބުނެ އެ މީހުންގެ ބޮލަށް، އެމީހުން ތަބާވާ ވެރީން ވައްދައިދޭ އެއްޗަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު