ކޮރަޕްޝަނަކީ ވެރިން ޖާގަދޭވަރަކަށް ފުޅާވެ، ވެރިން ބަންދުކުރުމަށް ބޭނުންވާ ވަރަކަށް ބަންދުކުރެވޭ ބަލިމަޑުކަމެއް ކަމުގައި ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅުވެފައި މިވަނީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށާއި ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެންމެން އެކަމަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން މި މައުޟޫގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ސަޢުދު ވިދާޅުވީ ކޮރަޕްޝަނަކީ ފުޅާ މައުޟޫއެއް ކަމަށާއި، ގައުމުގެ ކަންކަން ހިގާފައިވާ ގޮތަށް ބަލާލުމުން ކޮރަޕްޝަން ފެތުރެމުންދާގޮތާއި ކޮރަޕްޝަން އާލާވަމުންދާގޮތް ވަރަށްސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ.
ސަޢުދު ވިދާޅުވީ ކޮރަޕްޝަންގެ ސްޕީޑު ބާރުވެ މުޅި ދައުލަތުގެ ތެރޭގައި ވަކިހިއްޕާލީ 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ފަރާތުން އުފެދިފައިވާ ބޮޑު ދައުލަތެއް އެކުލަވާލެވި، މިނިވަން މުއައްސަސާތަކާއި ތަހްގީގީ އިދާރާތަކާއި ތަންފީޒީ އިދާރާތައް އުފެދި ރައްޔިތުންނަށް ޖަވާބުދާރިވަނިވި ދައުލަތުގެ އާއޮނިގަނޑަކަށް ނުވަތަ ޤާނޫނު އަސާސީއަށް އަމަލުކޮށް ވެރިކަން ކުރަންފެށިފަހުން ކަމަށެވެ.
ވެރިކަމަކަށްފަހު ވެރިކަމެއް ފާއިތުވެފައިވާއިރު ދައުލަތުގެ ބަޖެޓު ބޮޑުވެ، ދަރަނި ދަނީ ބޮޑުވަމުން ކަމަށް ސަޢުދު ވިދާޅުވިއެވެ. އަދި މީގެ ބޮޑު ބައެއްގައި އެބުނާ ކޮރަޕްޝަންގެ ހިއްސަަ ބޮޑު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މުއައްސާސާތައް އޭގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމާއި، ޕީޕީއެމް ނުވަތަ ޕީއެންސީ ފިކުރުގެ ކޮންމެ ވެރިކަމެއްގައިވެސް ގާނޫނު އަސާސީގައި ވަކިކޮށް މިނިވަންކަމާއިއެކު ހިންގަން ކަނޑައަޅާފައިވާ ބާރުތައް އެއްވެ ދައުލަތުގެ ނިޒާމް ހުއްޓުމަކަށް އަންނަކަން އެނގި ހާމަވެގެންދާ ކަމަށް ސަޢުދު ވިދާޅުވިއެވެ. މިކަން މިހެން ދިމާވާ ސަބަބަކީ ކޮރަޕްޝަންގެ އަނދިރި ދައުލަތުގެ ތެރޭގައި ދައުލަތުގެ ބާރުތަށް ކޮންޓްރޯލްކުރުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"މާޒީއަށް ބަލާލުމުން ފެންނަނީ ކޮރަޕްޝަން ފުޅާވަނީ އޮފީސްތަކުގައި ތިބޭ އިދާރީ މުވައްޒަފުންގެ ކިބަޔަކުންނޫންކަން. ކޮރަޕްޝަން ފުޅާވަނީ ވެރިންގެ އަމަލުތަށް އެމަގަށް ސިޔާސަތު ބައްޓަންކޮށް ވެރިން މަތިފަޑީގަތިބެ މުވައްޒަފުން ލައްވާ އެފަދަ ކަންކަން ކުރުވާތީކަން،" ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ މިއަދު ދައުލަތުގެ ކޮރަޕްޝަން އޭގެ އެންމެ މަތީ މަންޒިލަށް ވާސިލުވެފައިވަނީ ގަސްތުގައި އެމަގަށް ޖާގަދީގެން ރޭވިގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަނުން ކަމަށާއި އެފަރާތްތަކަށް ދައުލަތުގެ އެންމެ މަތީ ބާރަށް އާދެވުމުން ކަމަށެވެ.
"ފުރަތަމަ މިނިސްޓަރެއްގެ ހައިސިއްޔަތުން ސުވާލު އުފެދޭ އެތަށް ކަމެއް ވަނީ ކޮއްފަ، ދެން ވެރިކަން ކުރާ ސިޓީ އަދި ބިމުގެ އެންމެ އަގު ތަނަވަސް ބިމުން ބިޑުކުރުމަކާ ނުލާ މުޅިމާލޭގެ މަގުތައް ފޮތިފޮތިކޮށް ޕާކިންޒޯންތަކާއި އަދި އެހެނިހެން ކަންކަން ނިންމާލީ! އެއައްފަހު ރައީސުލްޖުމުހުރިއްޔާކަމުގެ މަގާމުގައި މިއަދު ތަޖްރިބާ މިކުރެވެނީ ދައުލަތުގެ މާލީ ނިޒާމާއި މާލިއްޔަތު ޤާނޫނުގެ ބާރުކަނޑުވާލާ ދައުލަތުގެ މާލިއްޔާ ވެރިމީހާ ބޭނުން ބަޔަކަށް ބަހާލަން ބާރުތައް އެއްއަތަށް ޖަމާކޮށް އެމަގުން އެކަން ނިންމާލިކަމެވެ." ސަޢުދުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ސަޢުދު ވިދާޅުވީ ކޮރަޕްޝަން ފެށެނީވެސް އަދި އެކަން ހުއްޓުވޭނީވެސް ވެރިންގެ ކިބައިން ކަމަށެވެ. އަދި ބަހަނާ ދައްކާފަ ބޮލާލާ ޖެހުމަކީ ހުވާކޮށް ހަވާލުވެ ހުންނެވި މަސްއޫލިއްޔަތަށް ޚިޔާނާތްތެރިވުން ކަމުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން ސަޢުދު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރާ ވެރިއެއްނަމަ ސަރުކާރުން މިހާރު ބިޑުކުރުމަކާނުލާ ދޫކޮށްފައިވާ 2.6 ބިލިއަން ރުފީޔާގެ 206 މަޝްރޫއު ރައީސުލްޖުމުހުރިއްޔާގެ ޤަރާރަކުން ހުއްޓުވާ، އެ ޕްރޮޖެކްޓްތައް ވާދަވެެރި ބިޑަކަށް ހުޅުވާލާނެ ކަމަށެވެ.
އަދި ޕްރޮޖެކްޓުތައް ވާދަވެރި ބިޑަކަށް ހުޅުވާލުމުން ލިބޭ އަގުތައް ބެލުމަށްފަހު ދައުލަތަށް ލިބެނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ކަށަވަރުކޮށް ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު