ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތަށް ދެ އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރު ވަމުންދާއިރު، އެއްވެސް ހަރުދަނާ ކުރިއެރުމެއް ޤައުމަށް ޙާސިލުވެފައި ނުވާކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ފޭސްބުކް މެދުވެރި ކުރައްވައި ޙިއްސާ ކުރެއްވި މެސެޖެއްގައި ސަނީފް ވަނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށާއި ރަށްތަކުގެ ތަރައްޤީއަށް މިސަރުކާރުގެ ވެރިން ވެފައިވާ ވައުދުތަކުގެ ތެރެއިން، މިހާތަނަށް ފުރިހަމަވެފައިވާ މިންވަރާމެދު ސުވާލު އުފައްދަވާފައެވެ.
"މިހާ ފޯރިއާއެކު މި އުފާފާޅުކުރަނީ ކޮންކަހަލަ ކާމިޔާބީތަކެއްގެ ސަބަބުންތޯ؟" ސަނީފް ވިދާޅުވެފައިވެއެވެ.
މިސަރުކާރަށް ދެއަހަރު ފުރޭތީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕީއެންސީން ތައްޔާރު ވަމުންދާތީ ސަނީފް ވިދާޅުވީ، ޑރ. މުޢިއްޒުގެ ވެރިކަމުގައި ފާއިތުވެގެން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމުގެ ހާލަތުވަނީ ގޯސްވެފައި ކަމަށެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެއް ނުކުތާތައް އޭނާ ޙިއްސާ ކުރެއްވިއެވެ.
ސަނީފް ވަނީ، މި ދެ އަހަރު ތެރޭގައި ޑޮލަރުގެ އަގު ކުރިން ހުރި އަގަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، ވެރިކަމަށް ދެ އަހަރު ވީއިރުވެސް ހައުސިން ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރެވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙްގެ ވެރިކަމުގައި ދޫކޮށްފައިވާ ގޯތިތަކުގެ ވާނުވާ ނޭނގި ގިނަ ރައްޔިތުން ތިބިކަން ސަނީފް ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ ދިރިއުޅުމުގެ ޚަރަދު މި ދެއަހަރު ތެރޭގައި އެތައް ގުނައެއް މައްޗަށް ގޮސްފައިވާ ކަމަށާއި، ފާއިތުވި ދެ އަހަރު ތެރޭގައި ގޭބިލްތައް ދެގުނަ ބޮޑުވެފައިވާކަމަށް ސަނީފް ވިދާޅުވިއެވެ. އަދި މި ދެ އަހަރުގެ ބަޖެޓުން ކުރިކަމެއް ރައްޔިތަކަށް ނޭނގޭ ކަމަށާއި، ރައީސް އާންމުކޮށް ޕޯޑިއަމްތަކުގައި ދޮގު ހަދާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް ސަނީފް ވިދާޅުވެފައިވެއެވެ.
"ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަން ލައިވް ޓީވީގައި (2.7 ބިލިޔަން) ރުފިޔާ ރައްޔިތުންގެ ކުރިމަތީގައި ބަހާލައިފި." އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސަނީފް ފާހަގަ ކުރެއްވިއެވެ.
ސަނީފް މިހެން ވިދާޅުވެފައިވާއިރު ބިޑަކާ ނުލާ މިސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ 206 ޕްރޮޖެކްޓުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު