ރައްޔިތުން ފެނުގެ ދަތިކަމާ ކުރިމަތިލާންޖެހި ބިކަވެފައިވާ މި ދަނޑިވަޅުގައި، ރައީސް ކުރަށްވަމުންދާ "ބޭކާރު ކަންތައްތައް" ހުއްޓުވުމަށް އެމަނިކުފާނުގެ ޅިޔަނުން އެއްވެސް ނަޞޭޙަތެއް ނުދެއްވަނީތޯ ދީނީ ޢީލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ސުވާލު އުފައްދަވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. އިޔާޒް ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން، ޚާއްޞަކޮށް ފުވައްމުލަކު ސިޓީގައި ފެނުގެ ދަތިކަމުގެ ޝަކުވާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޑރ. މުޢިއްޒު ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ޑރ. އިޔާޒް ވިދާޅުވީ، ރައީސް މުޢިއްޒު ގެންދަވަނީ، ރައްޔިތުން ފެނަށްޖެހި، ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިކަން ކުރިމަތިވެފައި ވާއިރުވެސް، ތިމާއަށް ތާއީދު އޮތްކަން ދެއްކުމަށް ބޭކާރު ކަންތައްތައް ކުރައްވަމުން ކަމަށެވެ.
"ރަޢްޔިތުން ފެނަށްޖެހި ބިކަވެފައިވާއިރުވެސް ތިމާއަށް ތާއީދު އޮތްކަން މީސްތަކުންނަށް ދެއްކުމަށް، މިފަދަ ބޭކާރު ކަންތައްކުރައްވާއިރު، ޅިޔަނުން އެއްވެސް ނަޞޭޙަތެއްވެސް ނުދެއްވަނީތޯ؟" ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒުގެ އަނބިކަނބަލުންގެ ޢާއިލީ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
އަދި ފުވައްމުލަކު ރައްޔިތުން ފެނަށްޖެހި ބިކަވުމުން، ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރު ކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، ވެރިކަންކުރާ ޕީއެންސީއިން މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ގެންނަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން މިހާތަނަށް ހައެއްކަ ފްލައިޓުގައި ފުވައްމުލަކުން މާލެއަށް މީހުން ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ދަތުރުތަކުގައި ޕީއެންސީގެ ސަޕޯޓަރުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން ހިމެނެއެވެ.
ފުވައްމުލަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެސްއޯއީތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން ވެސް ޕީއެންސީ ޖަލްސާއަށް މާލެ ގެނެސްފައިވެއެވެ. އެ މީހުން ދަތުރުކުރާ މަންޒަރުތަކާއި މާލެ އައުމުން އެއާޕޯޓުންނާއި ބަނދަރުން މަރުހަބާ ކިޔާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު