ޕީއެންސީގެ ފައުންޑަރ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް
ޕީއެންސީގެ ފައުންޑަރ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް
ވެރިކަންކުރާ ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް އެޕާޓީގެ ފައުންޑަރ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވަރުގަދަ ސުވާލެއް މީސް މީޑިއާއަށް ދޫކޮށް ލައްވައިފިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް އެޕާޓީގެ އިސްވެރިންނާއި ޚިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ އެޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕީއެންއެފްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ޔާމީން ވަނީ، މިއަދު ޤައުމު މި އޮތް ހާލަތަކީ ޤައުމު ތިމާއަށް ކޮށްދޭނެ ކަމެއް ނުބަލައި، ތިމާ ޤައުމަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަންވީ ދުވަސް ނޫންތޯ އައްސަވާ ސުވާލެއް ދޫކުރައްވާފައެވެ.



ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ޤައުމުގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައިވާ ކަމަށާއި، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރުމަކީ ނިމުމެއް ނެތް ގޮތަކަށް ކުރަންޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ބޮޑު ޖަލްސާއަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ރައީސް ޔާމީން މީސްމީޑިއާއަށް ސުވާލެއް ދޫކޮށްލައްވާފައިވާއިރު، އެމަނިކުފާނުގެ ޕީއެންއެފުން މިރޭ ބާއްވާ ޓައުން ހޯލް ޖަލްސާ މިހާރު ވަނީފަސްކޮށްފައެވެ.

ޕީއެންއެފުން ބުނީ އެ ޖަލްސާ އަންނަ އާދީއްތަ ދުވަހުގެ ރެެއަށް ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. އެޖަލްސާގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާ ގޮތަށް އޮތީ ހަަމަޖެހިފައެވެ.

ވެރިކަނކުރާ ޕީއެންސީގެ ބޮޑު ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އާޓިފިޝަލް ބީޗުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް