އަހުމަދު ޝާހް   15 ނޮވެމްބަރު 2025 - 8:2
މަހުލޫފާއި، އިމާދު ޕީއެންސީ އަށް
މަހުލޫފާއި، އިމާދު ޕީއެންސީ އަށް
އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ނޫސްވެރިޔާ އިމާދު ލަތީފް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރޭ ސޮއިކުރަށްވައިފިއެވެ.

10 ވަރަކަށް އަހަރު އެމްޑީޕީގެ މެމްބަރެއް ގޮތުގައި ހުންނެވުމަށްފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތީ 8 ސެޕްޓެމްބަރު 2025 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަންވެސް ދެ ދައުރަކު ކުރަށްވާފައިވާ މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވީ ރޭ ކުރިއަށްދިޔަ ޕީއެންސީގެ ޖަލްސާގައެވެ.

މީގެ ކުރިން މަޙްލޫފް ވަނީ، ޑީއާރުޕީ އަދި ޕީޕީއެމް ގައިވެސް މަސައްކަތް ކުރަށްވާފައެވެ. އޭނާ އެމްޑީޕީއަށް ގުޅުނީ ރައީސް ޔާމީންގެ ވެރިކަމުގައި އެސަރުކާރުގެ އިސްވެރިންނާ އުފެދުނު ޚިޔާލުތަފާތުވުން ތަކުގެ ސަބަބުންނެވެ. މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މަޙްލޫފާއި، އިމާދުގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ޗަބީ އާއި އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ބަޔަކު ވެސް ވަނީ ރޭ ޕީއެންސީއަށް ސޮއިކޮށްފައެވެ.

ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، އެ ޕާޓީގެ ހަރަކާތްތަކުގައި އެ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް