މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މޭޔަރ އާދަމް އާޒިމް
ދެ އަހަރުން މިސަރުކާރަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާ ތަޅާ ބުރުވުން ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާން ވަނީ ތުހުމަތު ކުރަށްވާފައެވެ.

އެގޮތުން ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކަށް އަލިއަޅުވާ ލައްވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވީއިރު ކުރެވުނު ކަމަކީ ހަމައެކަނި ފޮނިކެނޑުން ކަމަށެވެ. އަދި ރައީސް މުއިއްޒު ރަށްތަކަށް އަރައި ސަޅިކެނޑުމާއި ފޮނިކެނޑުމުގެ އިތުރުން ރައްޔިތަކަށް އެއްވެސް ކަމެއް ނުކޮށްދީ 110 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ މި ދެ އަހަރު ތަޅާ ބުރުވާލާފައިވާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.



މޭޔަރު މިހެން ވިދާޅުވެފައިވަނީ، ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޮޑު ހަރަދެއްކޮށްގެން ބޭއްވި އެއްވުމަށް ފަހުގައެވެ.

މި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ރާއްޖޭގައި 1،875 މަޝްރޫޢު ހިނގަމުންދާ ކަމަށާއި، އޭގެ ތެރެއިން 1،356 މަޝްރޫޢަކީ މި ސަރުކާރުން ސޮއިކުރި މަޝްރޫޢުތައް ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، މި މުހިންމު މަސައްކަތްތަކަށް ހުރަހަކަށްވުމުގެ ފުރުސަތު ނުދެއްވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް