ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ، ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކައާއި ވަމުންދާ ވަޢުދުތަކާ އެއްގޮތަށް ޢަމަލުތައް ފެންނަން ކަމަށް، ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީން ބޮޑު އެއްވުމެއް ބޭއްވުމުގެ މުނާސަބަތުގައި އެޕާޓީއަށް މަރްޙަބާ ކިޔައި، މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޒައިދު ވަނީ އެޕާޓީއަށް މަރުހަބާ ދަންނަވާފައެވެ.
އެހެންނަމަވެސް، ޝައިޚު ވަނީ މިފަދަ އެއްވުންތަކުގައި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށްވާ ވަޢުދުތަކަކީ ރަނުން ރަނަށް ފުއްދަންޖެހޭނެ ކަންކަން ކަމަށް ހަނދާން ކޮށްދީފައެވެ. އަދި، ފަހުން އެކަންކަމާ ގުޅިގެން ސުވާލުވެވޭނެކަން ދަންނަން ޖެހޭނެ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
އޭގެ އިތުރުން ޒައިދު ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ އުއްމީދުތަކަށް ޢަމަލީ ސިފަ ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. "ދިވެހިރައްޔިތުން ބޭނުންވަނީ ވާހަކައާއި އެއްވަރަށް ޢަމަލު ފެންނަން. އެކަން އެމަގުން ގެންދިޔުން އެއީ އަސްލު މުހިންމު ކަމަކީ،" ޒައިދު ވިދާޅުވިއެވެ.
ހަމައެއާއެކު ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަޢުދުވެފައިވާ ކަންކަން، ވާހަކައިން ފެށިގެން ޢަމަލީ ގޮތުން ދެއްކުމުގެ މުހިންމުކަން ޒައިދު ވަނީ ވަރަށް ބޮޑަށް ފާހަގަކުރަށްވާފައެވެ.
ޒައިދު މިހެން ވިދާޅުވެފައިވާއިރު ރޭގެ ބޮޑު ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ހާސިލު ކުރެވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އޭގެއިތުރުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފަސޭހައިން ތަންފީޒު ކުރުމަށްޓަކައި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރަށްވައި، ސަރުކާރު ހިންގާ ޕީއެންސީއަށް ކައުންސިލްތަކުގެ ސުޕަރ މެޖޯރިޓީއެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.
ޕީއެންސީން ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން މާލެ ގެނެސްގެން ރޭ ބޭއްވި ބޮޑު އެއްވުމުގައި ތޭރަ ހާހެއްހާ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ވ ބޮޑު އެއްވުމެއް ޕީއެންސީއިން ބޭއްވުމުގެ މުނާސަބަތުގައި އެޕާޓީއަށް މަރްޙަބާ ކިޔަން.
— Ali Zaid (@alizaid1000) November 14, 2025
މީގައި ރައްޔިތުންނަށް ޕާޓީތަކުން ވާ ވަޢުދަކީ ރަނުން ރަނަށް ފުއްދަންޖެހޭނެކަން ހަނދާނުގައި ބަހައްޓަންވާނެ ކަންކަން. އަދި ފަހުން ސުވާލުވެވޭނެ ކަންވެސް ދަންނަންވާނެ. އެކަންކަމަށް ޢަމަލީ…
ހަމައެއާއެކު ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަޢުދުވެފައިވާ ކަންކަން، ވާހަކައިން ފެށިގެން ޢަމަލީ ގޮތުން ދެއްކުމުގެ މުހިންމުކަން ޒައިދު ވަނީ ވަރަށް ބޮޑަށް ފާހަގަކުރަށްވާފައެވެ.
ޒައިދު މިހެން ވިދާޅުވެފައިވާއިރު ރޭގެ ބޮޑު ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ހާސިލު ކުރެވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އޭގެއިތުރުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފަސޭހައިން ތަންފީޒު ކުރުމަށްޓަކައި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރަށްވައި، ސަރުކާރު ހިންގާ ޕީއެންސީއަށް ކައުންސިލްތަކުގެ ސުޕަރ މެޖޯރިޓީއެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.
ޕީއެންސީން ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން މާލެ ގެނެސްގެން ރޭ ބޭއްވި ބޮޑު އެއްވުމުގައި ތޭރަ ހާހެއްހާ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު