ޑރ. އިޔާޒް އާއި ރައީސް ޑރ. މުޢިއްޒު
ޑރ. އިޔާޒް އާއި ރައީސް ޑރ. މުޢިއްޒު
ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ތަޅާ ބުރުވާނަމަ އެކަމަށް އިންކާރުކުރަން ޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ޕީއެންސީން ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން މާލެ ގެނެސްގެން ރޭ ބޭއްވި ބޮޑު އެއްވުމުގައި ތޭރަ ހާހެއްހާ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެޖަލްސާއަށް ކޮށްފައިވަނީ ބޭކާރު ޚަރަދެއް ކަމަށް ޑރ. އިޔާޒް އިޝާރާތް ކުރަށްވާފައިވާއިރު، އެޖަލްސާއަށް މީހުން އުފުލުމަށްޓަކައި ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓްތަކަށް ފަންސާހަށްވުރެ ގިނަ ދަތުރު އިއްޔެ އެކަނި ކޮށްފައިވާ ކަމަށްބުނާ ލިސްޓެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެހެންކަމުން ޑރ. އިޔާޒް ވިދާޅުވީ ބޭކާރު އިސްރާފު ޚަރަދުތައް ގިނަވެއްޖެނަމަ، "ހަލާކުވެގެންދާނީ އެންމެން އެއްކޮށް" ކަމަށެވެ.



ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން ރޭ ބޭއްވި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާންވެސް ވަނީ ތުހުމަތު ކުރަށްވާފައެވެ.

އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަވެސް އަޑުއިވިފައިވާ ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް