100 ރުފިޔާ ދީގެންނާއި، ވަޒީފާގެ ބިރު ދައްކައިގެންވެސް ޕީއެންސީގެ ޖަލްސާއަށް 5000 މީހުން ހަމަނުވި ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ޕީއެންސީން ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން މާލެ ގެނެސްގެން ރޭ ބޭއްވި ބޮޑު އެއްވުމުގައި ތޭރަހާހެއްހާ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ނަމަވެސް އައްބާސް ވިދާޅުވެފައިވަނީ އެ އެއްވުމުގައި ފަސްހާސް މީހުންވެސް ހަމަނުވާ ކަމަށް ވިދާޅުވެފައެވެ. އޭގެއިތުރުން އެ ޖަލްސާއަށް ރައްޔިތުންގެ ޓެކުސް ފައިސާއިން 50 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ދެއްކުންތެރިކަން ހައްދުން ނެއްޓިފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
"ވަޒިފާގެ ބިރަށް މަޖުބޫރީ ހާލަތުގައި ގެންދިޔަ މީހުންނާއި، 100 ރުފިޔާ ދީގެން ޖަލްސާއަށް ގެންދިޔަ މީހުންނާއި، ޓީޝާޓް ލައްވާފައި ގެންދިޔަ ބަންގާޅު މީހުންނާ އެކުވެސް މިރޭގެ ޖަލްސާއަށް ގޮސް ތިބި މީހުންގެ އަދަދު 5000 ހަމަ ނުވެ.." އައްބާސް ވިދާޅުވިއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން ރޭ ބޭއްވި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާންވެސް ވަނީ ތުހުމަތު ކުރަށްވާފައެވެ.
އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަވެސް އަޑުއިވިފައިވާ ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒިފާގެ ބިރަށް މަޖުބޫރީ ހާލަތުގައި ގެންދިޔަމީހުންނާއި، 100 ރުފިޔާ ދީގެން ޖަލްސާއަށް ގެންދިޔަ މީހުންނާއި،ޓީޝާޓް ލައްވާފައި ގެންދިޔަ ބަންގާޅު މީހުންނާ އެކުވެސް މިރޭގެ ޖަލްސާއަށް ގޮސް ތިބި މީހުންގެ އަދަދު
— Mohamed Abbas (@Abbasvelidhoo) November 14, 2025
5000 ހަމަ ނުވެ..
ރައްޔިތުންގެ ޓެކުސް ފައިސާއިން 50 މިލިއަން ރުފިޔާ… pic.twitter.com/MiqYq0OPxQ
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން ރޭ ބޭއްވި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާންވެސް ވަނީ ތުހުމަތު ކުރަށްވާފައެވެ.
އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަވެސް އަޑުއިވިފައިވާ ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު