ރައީސް ޑރ. މުހައްމަދު މުއިއްދުގެ ސިޔާސީ ޖަނާޒާގައި އެންމެ ބޮޑު އުފަލެއް ލިބޭނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހިމް އެ މަގާމުން ވަކިކުރި ކުރުމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.
ފައިސަލް މަގާމުން ވަކިކުރުމާ ގުޅިގެން އަބްދުއްރަހީމް އާއި ރައީސް މުއިއްޒުގެ ގުޅުން ހީނަރުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުވެސް ކުރިއެވެ. ނަމަވެސް ފަހުން އަބްދުއްރަހީމް ވަނީ އެއީ ދޮގު ވާހަކަތަކެއް ކަަމަށާއި، ރައީސް އާއި އޮތް ގުޅުން ވަރުގަދަ ކަމަށް ބުނެފައެވެ.
މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ ސައިހޮޓަލެއްގެ މަޅީގައި އަތުގަ އޮތްހާ އެއްޗެއް ވެދުންކޮށް ދެބަފައިން ހެދުނު ހެނދުނާ ފޯމު ހުށަހެޅި ކަމަށެވެ. އަދި ހިސާބު މޮޅަށް ޖަހާ ވާހަކަދައްކާ ވީ ޚިޔާނާތުގެ މޮޅު ވާހަކައިން ހިނދުކޮޅެއްގެ އުފާހޯދި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"ޕްރިންސް ބިއްޗަށް ތިރިކޮށްލި ކުޑަ ބާނޒުގެ ވަކިތަކުގަ އަދިވެސް ލޭ. ޕްރިންސް ހޯމް ޓައުންގައި" މަލީހްގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މަލީހް ވިދާޅުވީ ހަން ބަދަލުކޮށްގެން ހުއްޓަސް ހިތުތެރޭ އަނދާ އަލިފާނުގެ ހޫނުކަން މޫނުމަތިން ނިވާ ނުކުރެވޭނެ ކަމަށެވެ.
"މުއިއްޒުގެ ސިޔާސީ ޖަނާޒާއިން އެންމެ ބޮޑު ހިތްހަމަޖެމުއް ލިބޭނީ އަދުރޭއަށް." މަލީހްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު