ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުވައްމުލައް ސިޓީއަށް ސާފު ބޯފެން ނުލިބޭތީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ، ބަލައިނުގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ ކަމަށްވާ ފުވައްމުލަކަށް ސާފު ފެން ނުލިބޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅަން ފޮނުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް މި މައްސަލަ ބަލައިގަތުމަށް ދެކޮޅު ހެއްދެވީ، ފުވައްމުލަކަށް މިވަގުތު ސާފު ފެން ނުލިބޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވުމަށް ފަހުގައެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށާއި، އެކަމާމެދު ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި ރައީސް އަބްދުއްރަހީމް ވިދާޅުވީ، ކުއްލި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ. ފުވައްމުލަކަށް ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުކުރު ދުވަހު ބުނެފައިވާތީ، މި މައްސަލާގައި ބުނާ ހާލަތަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ރައީސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވި ނަމަވެސް، ފުވައްމުލަކުން ފެން ކަނޑާލުމަށްފަހު ފެން ދޫކުރަން ފެށި ފަހުން ގޭގެއަށް ލިބެމުންދަނީ ސާފުނޫން، ކިލަނބު ފެން ކަމަށާއި އެ ފެނުން ވަސް ދުވާ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ވަނީ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ފުވައްމުލަކުގައި މިހާރު ދޫކުރާ ފެނުގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު އެ ރަށަށް ދޫކުރަމުންދާ ފެން ހުރީ ވަރަށް ބޮޑައް ކިލަނބުކޮށެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10، 2023 ގަ އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި، ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފެން ތަޣައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު