ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތަކުގެ ފަށަލަ ނުހިމެނޭ ގޮތް ހެދުމަށްޓަކައި، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
ޝުޖާއު ހުށައެޅުއްވި މި އިސްލާހުތަކުގައި އަތޮޅު ކައުންސިލްތައް އުވާލުމަށާއި، ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމާއި، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މި ބަދަލުތަކަށް އަމަލުކުރުމަށްވެސް ހުށަހަޅާފައިވެއެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
ޝުޖާއުގެ އިސްލާހުގައި، އަތޮޅު ކައުންސިލް ވުޖޫދުކުރުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރު އުނިކުރަން ވަނީ ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވިއެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވަނީ، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ކަނޑައަޅާނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. އަދި އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފައެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމުގެ އިތުރުން، ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ވައްދައިފައެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުންނަށް އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް ކައުންސިލަރުންގެ އަދަދު މަދު ކުރަން ހުށަހަޅުއްވައިފައެވެ. މި އިސްލާހުގައި ޖެންޑަރ ކޯޓާގެ ގޮތުގައި، ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭއިރު، ފަސް މެމްބަރުންގެ ކައުންސިލެއްގެ ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރަން ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހު، އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއް ކަމަށް ސިފަކުރައްވައި، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު