ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ 9 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ޖަލު ގޮޅިން ނިކުންނަން ދެކޮޅު ހަދައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމް މިއަދު ޖަލުގޮޅިން ނުކުންނަން ދެކޮޅު ހަދާފައިވަނީ، އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި ޖަލު ހެދުން ލައްވައި، ބިޑި އެޅުވުމުންނެވެ. މިއީ ޖަލުހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން، އަމިއްލަ ބޭނުމަށް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 8:15 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާއިރު، ބައްސާމް ޖަލުން ނުނިކުންނަން ދެކޮޅު ހެދުމުގެ ސަބަބުން މިހާތަނަށްވެސް އެ އަޑުއެހުން ވަނީ ފެށޭ ގޮތް ނުވެފައެވެ.
ކްރިމިނަލް ކޯޓާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ބައްސާމް ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހެދުމުން ޝަރީއަތުގެ އަޑުއެހުން ލަސްވި ނަމަވެސް، އޭނާ 11:00 އަށް ކޯޓަށް ގެނެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން އަންގާފައިވާތީ، އަޑުއެހުން ކެންސަލް ނުކުރާ ކަމަށެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން މިހާރު ކުރިއަށް ގެންދާ ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކަކީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ބުނެ ކުރާ ދައުވާތަކެކެވެ. އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އޭނާ ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓްހައުސްއެއް ވަނީ މިދިޔަ އަހަރުން ފެށިގެން ފުލުހުން ހިފަހައްޓާފައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ވަނީ، ފީފާގެ ފައިސާ ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ފީފާގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން އެފަދަ މައްސަލަތަކަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ގާޟީ ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު