ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ބެހޭ ގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލައެކެވެ.
މި މައްސަލާގައި ފެމިލީ ކޯޓުން މިއަދު ކަނޑައަޅާފައިވަނީ، އެމްޑީޕީގެ މުޒާހަރާއެއްގައި މަރިޔަމް ޒުބައިރާއި މާޒް އަހުމަދު ސަލީމް ދެއްކި ވާހަކަތަކަށް ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއާއި އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ސާޖިދާ މުހައްމަދު ދައުވާ ކުރައްވާފައިވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު އަށެވެ.
ފެމިލީ ކޯޓުން ނިންމާފައިވާ ގޮތުން، ޕާޓީގެ އިސް ފަރާތެއްގެ ހައިސިއްޔަތުން މަންދީ ދެއްކި ވާހަކަތަކަށް ފައްޔާޒު ޒިންމާވާން ޖެހޭނެއެވެ. އަދި މަންދި އާއި މާޒް އަހުމަދު ސަލީމް ދެއްކި ވާހަކަ އަށް ވެސް އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީ އާއި ފައްޔާޒާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލަ ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށްވެސް ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ޙުކުމުގައި، ރައީސްގެ ދަރިކަލުންގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ނިންމާފައިވެއެވެ. ނަމަވެސް އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި، އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކުރިން ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު