އަތޮޅު ފަށަލައަކީ ރާއްޖޭގެ ޠަބީޢީ ސިފަ ނައްތާނުލާ ރަށްތައް ގްރޫޕްކޮށް ހިންގޭ އިދާރީ އިންތިޒާމެއް ކަމަށާއި، އެފަށަލަ އުވާލުމަކީ ލާމަރުކަޒީ ނިޒާމަށް ލިބޭނެ އުނިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ކުރީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ޢަލީ ނިޔާޒް މިހެން ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތަކުގެ ފަށަލަ ނުހިމެނޭ ގޮތް ހެދުމަށްޓަކައި، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާ ގުޅިގެންނެވެ.
ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙާ ގުޅިގެން ޢަލީ ނިޔާޒް ވިދާޅުވެފައިވަނީ، ރަށްރަށް ވަކިން ސަރުކާރާ ގުޅި އިދާރީގޮތުން ހިންގުމަށްވުރެ ރަށާ ކައިރިން ގްރޫޕް ކޮށްގެން ރަށްތައް ހިންގޭނެ އިދާރީ އިންތިޒާމަކުން ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ކޮންމެ ރަށެއް ވަކިވަކިން ސަރުކާރާ މުއާމަލާތް ކުރުމަކީ ރަނގަޅު އިންތިޒާމަކުން ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
"ރާއްޖެ އަކީ ޖަޒީރާ ގައުމެއް. އަތޮޅުފަށަލައަކީ ރާއްޖޭގެ ގުދުރަތީ ސިފަނައްތާނުލާ ރަށްތައް ގްރޫޕްކޮށް ހިންގޭ އިދާރީ އިންތިޒާމެއް. ކޮންމެ ރަށެއް ވަކިން ސަރުކާރާ ގުޅި އިދާރީގޮތުން ހިންގުމަށްވުރެ ރަށާކައިރިން ރަށްތައް ގްރޫޕްކޮށްގެން ހިންގޭނެ އިދާރީ އިންތިޒާމަކުން ލިބޭ ފައިދާ ބޮޑުވާނެ." ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ޢަލީ ނިޔާޒް މިހެން ވިދާޅުވެފައިވާއިރު، އަތޮޅު ކައުންސިލްތައް އުވާލައި އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މި ބަދަލުތަކަށް އަމަލުކުރުމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއުގެ ހުށައެޅުއްވި އިސްލާހުގައި، އަތޮޅު ކައުންސިލް ވުޖޫދު ކުރުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރު އުނިކުރަން ވަނީ ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވިއެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވަނީ، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ކަނޑައަޅާނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. އަދި އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު