ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާގެ ގޮނޑީގައި ހަރުނުލައިގެން އުޅެނީ ގޮނޑި ހޫނުވެގެންތޯ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް، ސުވާލު ކުރައްވައިފިއެވެ.
ޔާމިން މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އޭ.ޓީ.އެމް ހުޅުވުމަކީ ސަރުކާރުގެ ކަމެއް ނޫން ކަމަށާއި އެއީ ބޭންކަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި އެއީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އޭ.ޓީ.އެމް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ރައީސް މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިންނަވާ ގޮނޑިއާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ކީއްވެގެންހޭ ރައީސުލްޖުމްހޫރިއްޔާ ގޮނޑީގައި ހަރުނުވެ ދަނީ؟ ގޮނޑި ހޫނީ ހެއްޔޭ؟" ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.
ރައީސް ޔާމިން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިއަކީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް އޮތް ގޮނޑިއެކެވެ. އެއީ ރައްޔިތުންނަށް ދެއްވާފައިވާ ބޮޑެތި ވަޢުދުތައް ފުއްދައިދީ، ހުރިހާ ދާއިރާއެއްގައި ހުރި ބޮޑެތި މައްސަލަތަކަށް ތަސައްލީ ހައްލު ހޯދައިދޭންޖެހޭ ގޮނޑިއެއް ކަމަށް ޔާމިން ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ގޮނޑީގައި މަޑުނުކުރައްވާ އަބަދު އެތަން މިތަނުގައި ބޭރުގައި އުޅުއްވުމުން، އޭގެ މާނައަކީ އެމަނިކުފާނުގެ ޒިންމާތައް އުފުއްލަވަމުން ނުދާ ކަމަށް ހީވާ ކަމެެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ޔާމީން ވިދާޅުވީ، އޭ.ޓީ.އެމް މެޝިން ހުޅުވުމާއި، ފުޓްސަލް ދަނޑު ހުޅުވުމާއި، ފެންޕަންޕް ނުވަތަ ޑޭމް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަން ޖެހޭ ކަންކަން ނޫން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަށްވާ މިންވަރު ބަލައިލަން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން މާލެ އާއި އަތޮޅުތައް ތަފާތުކުރުން ބޮޑުކަމަށެވެ. އެގޮތުން ފުވައްމުލަކުގައި ފެނުގެ ދަތިކަން ކުރިމަތިވި ހިނދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެތަނަށް ވަޑައިނުގަތުމާއި، މާލޭގައި ފެންބޮޑުވުމުން މުޅި ކެބިނެޓް ގޮވައިގެން ގަންބޫޓަށް އަރައިގެން "ޕެރޭޑު" ކުރެއްވުމުގެ މައްސަލަވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ފުވައްމުލަކުގައި ފެނުގެ މައްސަލަ ކުރިމަތިވުމުން އެތަނަށް ކުޑަމިނުން ރައީސްގެ އެންވޯއީ ނުފޮނުވީ ކީއްވެތޯ ރައީސް ޔާމިން ސުވާލު އުފެއްދެވިއެވެ. އަދި މިއީ މާލެ އާއި ފުވައްމުލަކާއި ތަފާތުކުރާކަމުގެ ކަމުގެ ހެއްކެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު