ސަރުކާރު ހިންގާ ޕީއެންސީ އަށް އެކަމަނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް، ދޮގުކުރައްވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ ރޮޒައިނާ އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަނާއަކީ އެއްވެސް އިރެއްގައި ފައިސާ ނުވަތަ މަގާމަށްޓަކައި ސިޔާސީ ނިންމުމެއް ނިންމަވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. ޟރޮޒައިނާ ވަނީ މިހާރުގެ ސަރުކާރުގެ ކަންކަމަށް ފާޑުވިދާޅުވެ، ސަރުކާރަށް ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރާ ކަމަށް ބުނެ އަޑުފަތުރަމުންދާ ފަރާތްތަކަށް އެކަމަނާއަކީ އެއްވެސް އިރެއްގައި ފައިސާ ނުވަތަ މަގާމަށްޓަކައި ސިޔާސީ ނިންމުމެއް ނިންމަވާފައިވާ ބޭފުޅެއް ނޫން ކަމަށް އަންގާ ކަމަށެވެ. އެގޮތުން، ރައީސް ޔާމީން އަބްދުލްޤައްޔޫމް ހުވާ ކުރެއްވިތާ މަހެއް ނުވަނީސް އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައި ހުރި ދުވަހު އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށާއި، އެދުވަހަކީ އެމްޑީޕީއިން އެކަމަނާއަށް އެއްވެސް ކަމެއް ކޮށްދެވޭނެ ދުވަހެއް ނޫން ކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައިވެސް އެކަމަނާ ހުންނެވީ ޕާޓީއިން ދިން މަގާމެއްގައި ނޫން ކަމަށާއި، ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ މަގާމެއްގައި ކަމަށެވެ.
ޕީއެންސީ ސަރުކާރުގައި އޮތުމަކީ އެޕާޓީއަށް ސޮއިކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި، އަދި މިވަގުތު މިސަރުކާރުގެ ކަންކަން ހުރިގޮތުން ސަރުކާރަށް ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ވަރަށް ލޯބިން ކުރިއަރުވަން މަސައްކަތްކުރެއްވި، އެކަމަނާ ކުރިން ތަމްސީލުކުރެއްވި މީދޫ ދާއިރާއަށް މިސަރުކާރުން އެއްވެސް ކުރިއެރުމެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި އެދާއިރާގައި އެކަމަނާ ހުންނަވައިގެން ފެށި މަސައްކަތްތައް މިހާރު ހުއްޓިފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މުޅި ގައުމަށް ބަލާއިރު، ވެރިން އަމިއްލަ އެދުން އިސްކޮށް، ބީ.އެމް.އެލް އާއި އެމް.އޭ.ސީ.އެލް އާއި ސްޓެލްކޯގެ އިތުރުންވެސް ދައުލަތުގެ އެހެން ތަންތަން ލޫޓުވަމުންދާ މަންޒަރު ފެންނަ ކަމަށް ރޮޒައިނާ ފާޑުވިދާޅުވިއެވެ.
އެކަމަނާގެ ބޮލުގައި ބަޔަކު ކިތަންމެ ދޮގު އިލްޒާމެއް އެޅުވިޔަސް، އެކަމަނާއަކީ އެއްއިރެއްގައިވެސް ކޮރަޕްޝަނުން އެއްޗެއް ހޯދި މީހެއް ނޫން ކަމަށާއި، އެބުނާ ހުޅުމާލޭގެ 12 ގޯއްޗާއި ދުނިޔޭގެ އެތަންމިތަނުން އެޕާޓްމަންޓް ލިބުނު މީހެއްވެސް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ހުރިހާ އެންމެނަށްވެސް ލިބުނު އުސޫލުން ގުޅިފަޅުން ގުރުއާލައިގެން އެންމެ ގޯއްޗެއް ލިބުނީ ކަމަށާއި، އެއީ ބަޔަކަށް ނުފޫޒު ފޯރުވައިގެން ކޮރަޕްޝަންއިން ހޯދި އެއްޗެއް ނޫން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޕީއެންސީއަށް ސޮއިކުރާ ކަމަށް ކިޔައިގެން މާ އެނގިގަނެގެން ނުވަތަ އެކަމަނާގެ އަގުވައްޓާލަން ދޮގު ވާހަކަ ފަތުރާނެ ކަމެއް ނެތް ކަމަށެވެ. ރޮޒައިނާ ވަނީ މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.
ރައީސް މައުމޫންގެ ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި ރޮޒައިނާ އެމްޑީޕީ އާއި ގުޅިވަޑައިގަތީ ރައީސް ޔާމިންގެ ވެރިކަމުގައެވެ. ރޮޒައިނާ ވަނީ ޖެހިޖެހިގެން ތިން ދައުރު (15 އަހަރު) އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު