މި ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމަށް މާނަހުރި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމަށެވެ.

އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރައީސް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ اللهގެ ރަޙްމަތާއެކު ކާމިޔާބުގެ މަގަށް ދަތުރުކުރާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އަދި މިކުރު މުއްދަތުގައި ހާސިލް ކުރި ކާމިޔާބީތަކުން ދައްކުވައިދެނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުންކަން ޔަޤީންކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.އެމަނިކުފާނު ވަނީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމަންޓްރީ ގުރޫޕަށް މިއުފާވެރި މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާފައެވެ.

ޤާސިމް ވަނީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް