ޢުމަރު ނަސީރު
ޢުމަރު ނަސީރު
ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވައި ޕީއެޗްޑީ ހައްދަވާފައިވާ ކަމަށް ވިދާޅުވެ މިސަރުކާރުގެ ވެރިންނަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ހޫނު ރައްދެއް ދެއްވައިފިއެވެ.

ޢުމަރު ނަސީރުގެ މީސް މީޑިއާގައި ވަނީ، ކަނޑައެޅިގެން އެނގެން ހުރި ކަންކަމުގައިވެސް ސަރުކާރުން އޮޅުވާލުމާއި ދޮގު ހަދަމުންދާކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން އިންޑިއާ ސިފައިންގެ މައްސަލަ އާއި، ގޭންގްތަކުގެ މައްސަލަ ޢުމަރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ.

"ގޭންގް އެއްނެތް، އިންޑިޔާ ސިފައިންނެތް ނެތް: ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވާފަ. ދޮގުގެ ޕީއެޗްޑީ އެއް." ޢުމަރު ވިދާޅުވިއެވެ.



ޢުމަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިންޑިއާ ސިފައިން ރާއްޖޭން ފުރާފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެެވެ. ނަމަވެސް ފޮނުވާލި ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީންގެ ބަޔަކު ވަނީ ރާއްޖެއަށް ގެނެސްފައެވެ.

އޭގެއިތުރުން ގޭންގު ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ 501 ސަރަޙައްދު ޗެކްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ހޯދުމަށްވެސް ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

އަދި ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގޭންގުތަކުގެ ގޮތުގައި ކިޔާ ގޭންގުތައް މިހާރު ވަރަށް މަދުވެއްޖެ ކަމަށާއި، އެހެންކަމުން ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނުފެނިގެންއުޅޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް