ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައިރު، ރައްޔިތުންނަށް ފެންނަފަދަ އެއްވެސް ތަރައްޤީގެ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، މި ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ބަދަލު ގެނެސް، ރައްޔިތުންގެ ޓެކްސް ފައިސާއިން ރޭވިގެން ބޮޑެތި އަދަދުން ވައްކަން ކުރުން ކަމަށެވެ.
"ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ 2 އަހަރުގެ ބަޖެޓު 110 ބިލިއަން ރުފިޔާ ހުސްވީ ކޮންކަމެއް ކޮށްގެންތޯ؟ ކުރިހާވެސް ކަމަކީ މަޖުލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް އެކިކަހަލަ ބަދަލުތަށް ގެނެސް ޤާނޫނުތަކަށް ބަދަލު ގެނެސް ރައްޔިތުންގެ ޓެކުސް ފައިސާއިން ރޭވިގެން ބޮޑެތި އަދަދުން ވައްކަންކުރީ.." އައްބާސް ވިދާޅުވެފައިވެއެވެ.
އޭނާވަނީ ސަރުކާރުގެ ދެ އަހަރުގެ ދައުރުގައި ކުރެވުނު ކަންކަމާމެދު އެތައް ސުވާލުތަކެއް އުފައްދަވާފައެވެ. އޭގެތެރޭގައި، ރައްޔިތަކަށްވީ ކޮންކަމެއްތޯ އާއި، ފެނާއި ނަރުދަމާ ފެށިގެން ނިމުނީ ކޮން ރަށެއްގައިތޯ އާއި، ފެށިގެން ނިންމުނު ބަނދަރެއް އޮތްތޯ އާއި، ޢިމާރާތް ކުރެވުނު ހޮސްޕިޓަލެއް ނުވަތަ ހެލްތުސެންޓަރެއް ހުރިތޯ އާއި، ބިނާކުރެވުނު ސްކޫލެއް ނުވަތަ ކޮލެޖެއް ހުރިތޯ އައްބާސް ސުވާލު ކުރަށްވާފައިވެއެވެ.
މީގެ އިތުރުން އައްބާސްވަނީ، ފެށިގެން ނިންމުނު ޕޮލިސް ސްޓޭޝަނާއި، ފުޓުބޯޅަ ދަނޑާއި، ވޮލީކޯޓާއި، ފުޓްސަލް ދަނޑާއި، ރޮސްޓަމާއި، ޔޫތު ސެންޓަރާއި، ބުރިޖެއް ހުރިތޯވެސް ސުވާލުކުރައްވާފައެވެ. އަދި އެއްވެސް ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށިގެން ކުރިއަށް ދޭތޯ އާއި، އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބުނުތޯ އާއި، ނުވަތަ ކުރިން އަޅަން ފަށާފައި ހުރި އެއްވެސް ފްލެޓެއް ނިންމާފައި ހަވާލު ކުރެވުނުތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
އައްބާސް ވަނީ، ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖެހުން ކުޑަކުރެވުނުތޯވެސް ސުވާލުކުރަށްވާފައިވެއެވެ. ޖުމްލަ ގޮތެއްގައި އައްބާސް ފާހަގަކުރަށްވާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ބަޖެޓު ކަމަށްވާ 110 ބިލިއަން ރުފިޔާ ހުސްވީ ކޮންކަމެއް ކޮށްގެންތޯ އައްސަވާފައެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން ވަނީ މިދިޔަ ދެއަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ ކުރީ ސަރުކާރުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތައް ޙައްލުކުރުން ކަމަށް ބުނެފައެވެ.

ރައީސް ޑރ.މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފުރިގެން ދިޔައިރު ކޮން ރައްޔިތަކަށް ކޮންކަމެއްތޯވީ؟ކޮންރަށެއްގެ ފެނާ ނަރުދަމާއެއްތޯ ފެށިގެންނިމުނީ؟ކޮން ރަށެއްގެ ބަނދަރެއްތޯ ފެށިގެން ނިމުނީ؟ކޮން ރަށެއްގެ ހޮސްޕިޓަލެއް ، ހެލްތުސެންޓަރެއްތޯ އެޅުނީ؟ކޮންރަށެއްގެ ކޮން ސްކޫލެއް ، ކޮލެޖެއްތޯ…
— Mohamed Abbas (@Abbasvelidhoo) November 17, 2025
އޭނާވަނީ ސަރުކާރުގެ ދެ އަހަރުގެ ދައުރުގައި ކުރެވުނު ކަންކަމާމެދު އެތައް ސުވާލުތަކެއް އުފައްދަވާފައެވެ. އޭގެތެރޭގައި، ރައްޔިތަކަށްވީ ކޮންކަމެއްތޯ އާއި، ފެނާއި ނަރުދަމާ ފެށިގެން ނިމުނީ ކޮން ރަށެއްގައިތޯ އާއި، ފެށިގެން ނިންމުނު ބަނދަރެއް އޮތްތޯ އާއި، ޢިމާރާތް ކުރެވުނު ހޮސްޕިޓަލެއް ނުވަތަ ހެލްތުސެންޓަރެއް ހުރިތޯ އާއި، ބިނާކުރެވުނު ސްކޫލެއް ނުވަތަ ކޮލެޖެއް ހުރިތޯ އައްބާސް ސުވާލު ކުރަށްވާފައިވެއެވެ.
މީގެ އިތުރުން އައްބާސްވަނީ، ފެށިގެން ނިންމުނު ޕޮލިސް ސްޓޭޝަނާއި، ފުޓުބޯޅަ ދަނޑާއި، ވޮލީކޯޓާއި، ފުޓްސަލް ދަނޑާއި، ރޮސްޓަމާއި، ޔޫތު ސެންޓަރާއި، ބުރިޖެއް ހުރިތޯވެސް ސުވާލުކުރައްވާފައެވެ. އަދި އެއްވެސް ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށިގެން ކުރިއަށް ދޭތޯ އާއި، އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބުނުތޯ އާއި، ނުވަތަ ކުރިން އަޅަން ފަށާފައި ހުރި އެއްވެސް ފްލެޓެއް ނިންމާފައި ހަވާލު ކުރެވުނުތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
އައްބާސް ވަނީ، ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖެހުން ކުޑަކުރެވުނުތޯވެސް ސުވާލުކުރަށްވާފައިވެއެވެ. ޖުމްލަ ގޮތެއްގައި އައްބާސް ފާހަގަކުރަށްވާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ބަޖެޓު ކަމަށްވާ 110 ބިލިއަން ރުފިޔާ ހުސްވީ ކޮންކަމެއް ކޮށްގެންތޯ އައްސަވާފައެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން ވަނީ މިދިޔަ ދެއަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ ކުރީ ސަރުކާރުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތައް ޙައްލުކުރުން ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު