ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް، ވެރިކަންކުރާ ޕީއެންސީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީޙް މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ސަރުކާރަށް ދެއަހަރު ވީއިރުވެސް ހޮޅި ވާހަކަ ދެއްކުން ނޫން އެހެން ކަމެއް ކުރެވިފައި ނުވާކަމަށާއި، ޤައުމު ލޫޓުވަމުންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒަށްވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.
"މުޢިއްޒަކީ ސީދާ ކނޑކހއ. ހުސްވާހަކަ، ހޮޅި ވާހަކަ ދެއްކުން ފިޔަވާ ކުރެވުނު ކަމެއް ނެތް. 2 އަހަރު ވީއިރު މުޅި ދައުލަތުގެ ތެރޭގައި ވައްކަން ފިޔަވައި އިތުރު ކަމެއް ނުފެނޭ." މަލީޙް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޕީއެންސީގެ ބައްދަލުވުމަކަށް ރައްޔިތުން މާލެ ގެނައުމުގެ ނަމުގައި، މޯލްޑިވިއަން އެއަރލައިނުން ހިންގީ ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ބޮޑު ވައްކަމެއް ކަމަށް މަލީޙް ވިދާޅުވެފައިވެއެވެ. އަދި އެއީ ޤައުމު ލޫޓުވާ ކައި ހުސްކޮށްލުމުގެ ޢަމަލެއް ކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.
"ބުރާސްފަތި ދުވަހުގެރޭ ފަޅާއަރުވާލާނަން. ތައްޔާރުވޭ. ފިލާ ނުތިބެވޭނެ. ޤައުމު ލޫޓުވާ ކައި ހުސްކޮށްލަނީ..." މަލީޙް ވިދާޅުވެފައިވެއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ސިޔާސީ ބައްދަލުވުންތަކަށް ރައްޔިތުން ގެނައުމަށް ދައުލަތުގެ ކުންފުނިތައް ބޭނުންކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އައްބާސް ވަނީ މިފަދަ ޢަމަލުތަކަކީ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަން ފާހަގަ ކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައްވާފައެވެ.

Muizz akee seedhaa kandukoheh. Hus vaahaka, holhi vaahaka dhekkun fiyavaa kurevunu kameh neiy. 2 aharu vi iru mulhi dhaulathuge therey vakkan fiyavaa ithuru kameh nufeney.
— Mohamed Maleeh Jamal (@maleehjamal) November 17, 2025
ހަމައެއާއެކު ޕީއެންސީގެ ބައްދަލުވުމަކަށް ރައްޔިތުން މާލެ ގެނައުމުގެ ނަމުގައި، މޯލްޑިވިއަން އެއަރލައިނުން ހިންގީ ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ބޮޑު ވައްކަމެއް ކަމަށް މަލީޙް ވިދާޅުވެފައިވެއެވެ. އަދި އެއީ ޤައުމު ލޫޓުވާ ކައި ހުސްކޮށްލުމުގެ ޢަމަލެއް ކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.
"ބުރާސްފަތި ދުވަހުގެރޭ ފަޅާއަރުވާލާނަން. ތައްޔާރުވޭ. ފިލާ ނުތިބެވޭނެ. ޤައުމު ލޫޓުވާ ކައި ހުސްކޮށްލަނީ..." މަލީޙް ވިދާޅުވެފައިވެއެވެ.
ޕީވީސީ ބައްދަލުވުމަށް ރައްޔިތުން މާލެ ގެނައުމުގެ ނަމުގައި މޯލްޑިވިއަންއިން ހިންގީ ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ބޮޑު ވައްކަމެއް/ކޮރަޕްޝަން. ބުރާސްފަތި ދުވަހުގެރޭ ފަޅާއަރުވާލާނަން. ތައްޔާރުވޭ. ފިލާ ނުތިބެވޭނެ. ޤައުމު ލޫޓުވާ ކައި ހުސްކޮށްލަނީ... pic.twitter.com/VGXzBTuIrp
— Mohamed Maleeh Jamal (@maleehjamal) November 17, 2025
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ސިޔާސީ ބައްދަލުވުންތަކަށް ރައްޔިތުން ގެނައުމަށް ދައުލަތުގެ ކުންފުނިތައް ބޭނުންކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އައްބާސް ވަނީ މިފަދަ ޢަމަލުތަކަކީ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަން ފާހަގަ ކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު