ދިވެހިރާއްޖެއިން ގޭންގުތައް ނައްތާލެވިއްޖެކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގުމަށްޓަކައި، މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތައް ހިންގައިގެން ގޭންގުތަކުން ހޯދާ ކަޅުފައިސާ އިޤްތިޞާދުގެ ތެރެއަށް ވަންނަން ފެށުމުން ގޭންގުތައް ނައްތާލެވިއްޖެކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ.
އިމްރާން ވިދާޅުވީ، ދައުލަތުގެ އެންމެ މަތީ ވެރިމީހާ ނިކުމެ މިކަހަލަ ވާހަކަތައް ދެއްކުމުން އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
އެގޮތުން ދިވެހި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށާއި، ބޭރުގެ ގާނޫނުތަންފީޒުކުރާ އިދާރާތަކުން ދިވެހިރާއްޖެއާމެދު ދެކެމުން އަންނަގޮތް ބަދަލުވާނެ ކަމަށާއި، ކަޅުފައިސާ ދޮވެ ސާފުކޮށް "ވައިޓް ކޮލަރ" ކުށްތައް ހިންގަން ސަރުކާރުން ފަހިކޮށް ފުރުސަތުދޭކަން ހާމަވެއްޖެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"މާނަޔަކީ ގޭންގުތައް ނައްތާލީކީ ނޫނޭ، ސަރުކާރުން ގޭންގުތައް އިތުރު މަތީ ހަރުފަތަކަށް ގެންގޮސްދީފިކަން މިއެނގުނީ!" އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހަދައިގެން ކުށް ކުރަން އުޅުނު ކުދިން މިހާރު އުޅެނީ ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ކަމަށެވެ.
"އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" މުއިއްޒު ވިދާޅުވިއެވެ.
"މިހާރު، ކުރީގައި ގޭންގުތަކުގައި އުޅުނު ކުދިން އެކަން ހުއްޓާލައިފި، ގޭންގު ކުށްކުރުން ހުއްޓާލައިފައި މިހާރު އެ ބޭފުޅުން، އެ ކުދިން، ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި، މިހާރު މި ގޭންގުތަކުގެ ގޮތުގައި ކިޔާ ގޭންގުތައް ވަރަށް މަދުވެއްޖެޔޭ، އެހެންވީމާ ތިމަންނަމެން މިހާރު ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނުފެނިގެންނޭ މިއުޅެނީ." ރައީސް ވިދާޅުވިއެވެ.
އަދި ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ގޭންގު ގާނޫނު ފަދަ ހަރުކަށި ގާނޫނުތައް ފާސްކުރަނީ ބަޔަކަށް އަދަބު ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ގާނޫނުތަކުގެ ބޭނުމަކީ ކުށުގެ ވެށީގައި ތިބި މީހުން އަލުން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށް ރޭގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ޝަހީދު ވިދާޅުވީ ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 83 ގޭންގު ހަރަކާތްތެރިވާ ކަމަށެވެ. އެ ގޭންގުތަކުގައި 3600 މީހުން ކުށްކުރުމުގައި އުޅޭ ކަމަށާއި، އޭގެ ތެރެއިން 45 ގޭންގު ހަރަކާތްތެރިވަނީ މާލޭގައި ކަމަށް ޝަހީދު ވިދާޅުވިއެވެ. މާލޭ ގޭންގުތަކުގައި 2500 މީހުން ހަރަކާތްތެރިވާއިރު، ގާތްގަނޑަކަށް 85 ކުޑަކުދިން ވެސް ގޭންގުތަކުގައި ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު