މިއަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރާލިކަމުގެ ތުހުމަތުގައި 3 މީހަކަށް ދަޢުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ޢަބްދުއްރަޙްމާން އާދަމް، އއ. މާޅޮސް މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލާގައި ދަޢުވާ ކުރުމަށް 18 ނޮވެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
އަދި އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށް ކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
އަބްދުއްރަހްމާންގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި ނަމަވެސް ޙާދިސާ ހިނގިއިރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.
މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، މާޅޮހު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައި ފާސްކޮށްފައެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖުވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލާއި ފިންގަރ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު