ހަޅުތާލު ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގެއް ކަމަށާއި ހާއްސަކޮށް މަސައްކަތު މާހައުލުގައި ހަޅުތާލު ކުރުމަށް ގާނޫނެއް ހަދައިގެން ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު މަޖިލީހުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
ދުރާލާ ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން، މައުރޫފް ވިދާޅުވީ، މިހާރު ޢަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަކީ މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމުގެ ގާނޫނުއަސާސީއެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ ޖަންގަލީގެ އުސޫލުން ވިސްނާ ބޯދާ ބައެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް ހަޅުތާލު ކުރެވޭ ވާހަކަ މި ގާނޫނުއަސާސީގަ ލިޔެފަ މިތިބީ މި ލިޔުނު މީހުންނަށް އެކަން ނޭނގިގެންނެއް ނޫން. އެއީ ދުނިޔޭގަ އެކަން އޮންނަ ގޮތް. ތަހުޒީބު ގައުމުތަކުގައި އެކަން އޮންނަ ގޮތް." މައުރޫފް ވިދާޅުވިއެވެ.
ހަމައެއާއެކު މައުރޫފް ވިދާޅުވީ، ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކަށްވެސް މަސައްކަތް ނުކޮށް މަސައްކަތް ހުއްޓާލައިގެން ހުރެވޭނެ ކަމަށާއި، އޭނާ ލައްވާ ގަދަކަމުން މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާ ހިލާފަށް، ހައްގުތައް ދިނުމާ ދެކޮޅަށް މަޖިލީހުގައި ވާހަކަދެއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަންވެސް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.
"މިއީ އިނގުރައިދޫ ދާއިރާގެ މެންބަރަކަށް ހިފެހެއްޓޭނެ ހައްގެއް ނޫނޭ. އެހެން ވެއްޖިއްޔާ މި ގާނޫނުއަސާސީ އުވާލަން ވީ ނޫންތޯ. މި ގާނޫނުއަސާސީގަ މިހިރަ މާއްދާތައް ބާތިލުކޮށް އުވާލަން ވީތޯ؟" މައުރޫފް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި މައުރޫފްވަނީ މަޖިލީހުގައި 100 ޕަސެންޓު ޕީއެންސީގެ މެންބަރުން ތިއްބަސް އަސާސީ ހައްގުތަކާ ހިލާފަށް ގާނޫނުތައް ހަދައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
މައުރޫފް މިހެން ވިދާޅުވެފައިވާއިރު، ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.
އެޤާނޫނު އުވާލުމަށް ވަޢުދުވެގެން ވެރިކަމަށް އައި ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުމާ ހަމައަށް ވެސް އެ ގާނޫނު އުވާލައިފައެއް ނުވެއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގާނޫނު އުވައިލާނެ ކަމަށް މިހާރުގެ ބަންޑާރަނައިބު، އަހުމަދު އުސާމް އޭރު މަޖިލީހުގައި ވިދާޅުވި އެވެ. ހަމައެއާއެކު ރައީސް މުޢިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު