ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
މިސަރުކާރު ވެރިކަމަށް އައީ އިންޑިއާ އައުޓޭ، ހަރާމް ހުކުމޭ ކިޔައި މުޒާހަރާ ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލަށް މިއަދު ބަހުސް ކުރަށްވަމުން ފިއްޓޭ ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން އެއްވެ އުޅުމާއި މުޒާހަރާ ކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް، އެ ޕާޓީއަށް ވެރިކަމަށް އާދެވުނީ "އިންޑިއާ އައުޓް" އަދި "ހަރާމް ހުކުމޭ" ކިޔައިގެން ކުރި ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ކަމަށެވެ.

ފިއްޓޭ މިހެން ވިދާޅުވެފައިވާއިރު، ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެ ގާނޫނު އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ފިއްޓޭ ވަނީ ބާރު ލިބޭ ދުވަހު ޕާޓީތަކަށް އަބަދު ވެސް މާޒީ ހަނދާން ނެތޭކަން ފާހަގަކުރަށްވާފަ އެވެ.

"އެ އިންޑިއާ އައުޓް އާއި އެ ހަރާމް ހުކުމުގެ ބޮޑު މުޒާހަރާގެ ސަބަބުން ތި ހިސާބަށް އާދެވުނީ، ނަމަވެސް މިއަދު މި އިއްޒަތްތެރި މެންބަރުން އެ ދުވަސް ހަދާނެއް ނެތް." ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ މިހެން ވިދާޅުވެފައިވާއިރު، މި ބިލު ހުށަހެޅުއްވި އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އުވާލަން އޭރުގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކުކޮށްފައި ބޭއްވުމަކީ ގޯހެއްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް