ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ނަމަވެސް ނުވަތަ ވަކި ކުރި ނަމަވެސް ދާއިރާ ރައްޔިތުންގެ އާންމު ވޯޓަކަށް ނުގޮސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށައަޅާފައިވާ އިސްލާހަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ދެކޮޅު ހައްދަވައިފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު އޮތް ބަހުސްގައި، ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލެންޖެހޭނެ ކަމަށާއި، އަލުން ގޮތެއް ހޯދުމަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރަށްވާ ކަމަށެވެ.
ފަލާޙް މިއަދު ވިދާޅުވީ، މެންބަރުންގެ ގޮނޑި ގެއްލުމުން އަލުން އަމިއްލައަށް މަޖިލީހަށް ކުރިމަތިލާންވީ ކަމަށާއި، ޕާޓީއަކުން މަޤާމަށް އިންތިހާބުވުމުން އެޕާޓީއަށް އޭނާގެ ހިދުމަތް ކަމުނުގޮސްފިނަމަ ނުވަތަ ބޭވަފާތެރިވެއްޖެނަމަ، ޕާޓީން ވަކިކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގޮނޑި ގެއްލުނީމާ ދެން އަނެއްކާވެސް އަޅުގަނޑު އަމިއްލައަށް ކުރިމަތިލާންވީ. އެއީ އަޅުގަނޑު ތާއީދުކުރާ ގޮތަކީ." ފަލާޙް ވިދާޅުވިއެވެ.
މި މައްސަލާގައި ޕީއެންސީއަށް ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވެސް ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މިހާރު އޮތް އުސޫލަށް ތާއީދުކުރައްވާ ކަމަށާއި، އިރުއިރުކޮޅާ ގޮނޑި ވިއްކާލެވޭ ފަދަ ފުރުސަތެއް ދެވޭ އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ.
މި އިސްލާހު ހުށަހެޅުމުގެ ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން އެ މެމްބަރަކު ވަކިކުރާ ހާލަތު ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކި ކުރުމުގެ އިޖުރާއަތުތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކިކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާންމު ވޯޓެއްގައި އެމީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކިކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ.
އަދި ވަކި ކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ހަމަ އެއާއެކު އެމީހަކު އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ވެސް ހުށަހެޅުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު