ރެއާއި ދުވާލު ފްލެޓު ދޭ ވާހަކަ ދައްކަމުންދިޔަ ނަމަވެސް އެ ފްކެޓުތައް އަޅާނެ ތަނެއް އަދި އަޅާނެ އަދަދެއްވެސް ސަރުކާރަށް ކަނޑައެއް ނޭޅޭކަމަށް ވިދާޅުވެ މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ފާޑުވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވެފައި މިވަނީ މި ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓު މަޝްރޫޢުތަކުން ފްލެޓު ދޭ އުސޫލުތަކަށް އަމާޒުކޮށް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެގޮތުން ނަސީމްގެ ޕޯސްޓުގައި ވިދާޅުވީ ސަރުކާރުން ރެއާއި ދުވާލު ފްލެޓާއި ބިން ދޭން ވައުދުވަމުން ދިޔަނަމަވެސް އެކަން ކުރާނެ ގޮތެއް ސަރުކާރަށް އަދިވެސް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުން އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށް ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"ރެޔާދުވާލު ފުލެޓާބިން ދެނީ ދެނީ. ގެދޮރުނެތް މީހުން ރޮއެހޭރެނީ. އެއްދުވަހު ގުޅިފަޅުން އަނެއްދުވަހު ކާށިދޫފަރުން. އެއްދުވަހު 10 ހާސް އަނެއްދުވަހު 30 ހާސް. ގެދޮރުނެތިްމީހުން ރޮނީ. އަޅާނެތަނެއް އަޅާނެއަދަދެއް ދޭނެލިސްޓެއް ކަނޑައެއްނޭޅޭ. ދުވާލަކު ހެޑްލައިނެއް!" ނަސީމްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވެފައި ވާއިރު، މި ސަރުކާރުގެ ފްލެޓު ދިނުމުގެ އުސޫލުގައިވާ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނާއި ރައީސް އޮފީހާއި އެކިއެކި މުއައްސަސާތަކާއި އިދާރާތަކަށް ވެސް ފްލެޓް ދިނުމުގައި އިސްކަން ދޭނެއެވެ. އަދި އެ ތަންތަނަށް ކަނޑައަޅާ ފްލެޓުގެ އަދަދު ވެސް ވަނީ އާންމުކޮށްފައެވެ.
ހަމައެއާއެކު ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން އަލަތު ކައިވެނިކުރާ ފަރާތް ނުވަތަ ޒުވާން އާއިލާތަކަށް 250 ފްލެޓް ކަނޑައަޅާފައިވާއިރު، ޓެކްސީ ޑްރައިވަރުންނަށް 50 ފްލެޓް، މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް 100 ފްލެޓް އަދި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް 200 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއިން ފްލެޓް ލިބޭކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތަކަށް 300 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
މި ސަރުކާރުގެ ފްލެޓް ދޭ ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 3،000 ފްލެޓް ކަނޑައަޅާފައިވާއިރު، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 1500 ފްލެޓު ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު