ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު
އެއްވެސް އިންތިޚާބީ ދާއިރާއަކަށް ވަކި ކަމެއް ކަނޑައަޅާފައި ނެތް 2024 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓް މަޖިލީހުން ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން ރައްޔިތުންނަށް ދޯކާ ދިނުން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސިފަކުރަށްވައިފިއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ މަޖިލީހުގެ މެންބަރުން ތިބީ ބޮލާފޮށާ އެޅިފައި ކަމަށާއި، އެޙާލަތު ކުރިމަތިވީ މެމްބަރުންގެ ދުސްތޫރީ ޒިންމާ އަދާނުކޮށް، ދާއިރާތަކުގެ ރައްޔިތުން ނިކަމެތިވާ ގޮތަށް މުޅި ބަޖެޓް ރައީސް މުއިއްޒުގެ އަތްޕުޅަށް ދޫކޮށްލައި ރައްޔިތުންނަށް ދޯކާދިނުމުން ކަމަށެވެ.

ހަމައެއާއެކު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުގައި، މަސްއޫލިއްޔަތު އުފުލަން ތިބޭ ކޮންމެ މީހަކު ރައްޔިތުންނަށް މަކަރު ހެދުން މަތީތިބެ މަރުވެއްޖެނަމަ އެބަޔަކަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެ ކަމަށް އައިސްފައިވާކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ ކޮންމެ މީހަކުވެސް ތެދެއް ބުނެފިނަމަ ވާނީ ތެދަކަށް ކަމަށެވެ. އަދި ބަޖެޓުގައި އެއްވެސް ދާއިރާއަކަށް އެއްވެސް ކަމެއް ކަނޑައެޅިފައި ނެތްކަން ޕީއެންސީ މެންބަރުންނަށްވެސް އެނގިލައްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

"މިއަދު ޕީއެންސީ މެމްބަރުން އެގަބޫލް ކުރަނީ ބަޖެޓުގައި އެއްވެސް ދާއިރާއަކަށް އެއްވެސް ކަމެއް ކަނޑަ އެޅިފައި ނެތްކަމަށް. ބަޖެޓަކީ މުއިއްޒުކަމަށް. ރައްޔިތުން އާދޭސް ކުރާށޭ!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ، އާމްދަނީއެއްގެ ގޮތުގައި 50.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ބަޖެޓެކެވެ. މިއީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ޚަރަދެއް ހިގާނެ ކަމަށް ލަފާކޮށްފައިވާ ބަޖެޓެކެވެ.

މި އަދަދުތަކަށް ބަލާއިރު، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ 5.9 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއް އަންނަ އަހަރު އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް