އޮސްޓްރޭލިއާ މޮޑެލް ދޫކޮށްލައި، އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެގެން ނޫނީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ސިޔާސީ ހަރަކާތްތެރިޔާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އޮތް ހައްލަކީ އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ތަންފީޒުކުރުންކަން ފާހަގަ ކުރަށްވަމުންނެވެ.
ޢުމަރު މިހެން ވިދާޅުވެފައިވާއިރު، ގޭންގުތަކުގެ ގޮތުގައި ކިޔާ ގޭންގުތައް ރާއްޖޭގައި މިހާރު ވަރަށް މަދުވެއްޖެ ކަމަށާއި، އެހެންކަމުން ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނުފެނިގެންއުޅޭ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު 500 ފުލުހުން ނެރެ، މުޅި ރާއްޖޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަށް އިޝާރާތް ކުރަށްވައި އުމަރު ވިދާޅުވީ، އެ އޮޕަރޭޝަނަށް މަހެއްވާ ފަހުން، އެ އޮޕަރޭޝަންގައި ހައްޔަރުކުރި 90 މީހުން މިނިވަނުންނަށް ވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތް ގާއިމްކޮށް، ގާނޫނުގައިވާ ހުކުމްތައް ތަންފީޒު ކުރެވޭނެ ވަރުގަދަ ވެރިއެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން، އެހެނިހެން މައްސަލަތައް ހައްލު ނުވަނީ ގާނޫނުތައް ތަންފީޒު ނުކުރާތީކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ރަނގަޅުކުރުމަށް އެއްވެސް ސަރުކާރަކަށް ފިޔަވަޅެއް ނޭޅޭކަން ފާހަގަކުރައްވައި، ރާއްޖެ މިހާރު އަމަލުކުރަމުންދާ ނިޒާމު ދޫކޮށްލުމަށްފަހު، ފަރުވާގެ ނިޒާމު އެއްކޮށް ބަދަލު ކޮށްލުމަށް އުމަރު ހުށަހެޅުއްވިއެވެ. ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގައި އެއްފަހަރާ ގިނަ މީހުންނަށް ފަރުވާދީ، ނަތީޖާ ނެރެވޭނެ ގާބިލުކަމެއް ނެތްކަމަށާއި، އެކި ސަރުކާރުތަކުން އެންޑީއޭއަށް މީހުން އައްޔަންކޮށް ވަކިކުރާ މައްސަލައަށް އޭނާ ފާޑުވިދާޅުވިއެވެ. ފަރުވާއަށް ގެންދެވޭ މީހުން އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާ ރޭޓަކީ 80 ޕަސެންޓު ކަމަށް އުމަރު ވިދާޅުވިއެވެ.
"އެހެންވީމަ އެބަޖެހޭ ހަމަ ކޮމްޕްލީޓްލީ އަޅުގަނޑުމެން މި ގެނެސްފަ އޮތް އޮސްޓްރޭލިއާ މޮޑެލް ދޫކޮށްލާފަ ހަމަ އިސްލާމީ ޝަރީއާގެ މޮޑަލަކަށް ދަތުރުކުރަން. އެ މޮޑެލްގެ ދަށުން މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއް ކަމަށް ތުހުމަތުވެއްޖިއްޔާ 24 ގަޑިއިރުގެ ތެރޭގަ އޭނާގެ ރީހެބިލިޓޭޝަން ފެށެން ޖެހޭނެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އެތައް ސަތޭކަ ކިލޯގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ކަމަށާއި، އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި މަސްތުވާތަކެތި ހިފައިގެންދާ ބޯޓުފަހަރު ބަޑިޖަހައި ފައްތާލަން ޖެހޭ ކަމަށް ކުރިންވެސް ވިދާޅުވެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ.
މީގެއިތުރުން، ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭ މަސްތުވާތަކެތީގެ މުއާމަލާތުކުރާ އެއްވެސް މީހެއްގެ މުދަލެއް ސަރުކާރުތަކުން ނުނަގާ ކަމަށާއި، ނަމަވެސް އެ މުދާތައް ނެގޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. ގައުމީ ބޭންކް ބީއެމްއެލްއަށްވެސް މަސްތުވާތަކެތީގެ މުއާމަލާތްކުރާ ގޭންގުތަކުގެ ބޮޑެތި މީހުންގެ އެކައުންޓްތައް ފްރީޒްކޮށް، އެ މީހުން ފައިސާ ނެގުން ހުއްޓުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ނަސީރު ވަނީ މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ރެކޯޑު ހުރި ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ކަމަށް ތުހުމަތު ކުރަށްވާފައެވެ.
"މަސްތުވާއެއްޗެހި ބޭނުންކުރާ ގިނަ މީހުންނަކީ މީގެ ވިކްޓިމްސް، ހަގީގަތުގައި މީގެ ކުށްވެރިންނަކީ މަސްތުވާއެއްޗެހި ރާއްޖެއަށް އެތެރެކޮށް އެ އެއްޗެހި ޑިސްޓްރިބިއުޓްކޮށް ވިއްކައި އޭގެން ވިޔަފާރި ހަދާ މީހުން. އެ މީސްމީހުން އެ ތިބީ ސިޔާސީ ޕާޓީތަކުގެ ތެރެއަށް ވަދެ، ރައްޔިތުންގެ މަޖިލިސްގެ ތެރެއަށް ވަދެ، އެކި ޕާޓީތަކުގެ ޓައީ އަޅައިގެން ހުދު ގަމީސް ލައިގެން، ބައިވަރު ފިހާރަތައް ހިންގަމުން އެ ގެންދަނީ." އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން އެ ފައިސާ ބޭނުންކޮށްގެން ދައުލަތުގެ އެތައް ބަޔަކު ރެކްރޫޓްކޮށްފައިވާ ކަމަށެވެ. އެގޮތުން މަހު މުސާރަ ދީގެން ގޭންގުތަކުން، ގާތްގަނޑަކަށް ދައުލަތުގެ 3,000 މުވައްޒަފަކަށް މުސާރަ ދޭކަމަށް ޢުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު