ކުރީގެ ނާއިބުރައީސް ފައިސަލް
ކުރީގެ ނާއިބުރައީސް ފައިސަލް
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީގެ އިސްވެރިން، ފުވައްމުލަކަށް ވަޑައިގެންފިއެވެ.

އެމްޑީޕީން ބުނީ، މި ދަތުރުގެ މަޤްސަދަކީ އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ހިންގާފައިވާ މަޝްރޫއުތަކުގެ އަދާހަމަ ބަލާލުމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓީމުތައް ތައްޔާރުކުރުން ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވެސް ހިމެނޭ ގޮތަށް، ކުރިއަށްދާ މި ދަތުރުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާ ބައްދަލުކުރުމާއި، ރައްޔިތުންނަށް ޒިޔާރަތްކުރުންވެސް ހިމެނެއެވެ.

ފައިސަލް ނަސީމް ފުވައްމުލަކަށް ދަތުރުފުޅެއް ފައްޓަވާފައިވާއިރު، ފައިސަލް ވަނީ ފުވައްމުލަކުގެ ފެނުގެ ޚިދުމަތުގައި ދާދިފަހުން ދިމާވި މައްސަލަތަކަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން، ފައިސަލްގެ މި ދަތުރު ފުޅުގައި އެންމެ ފުރަތަމަވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ފެނަކައިގެ އިސްވެރިންނާއެވެ. ފުވައްމުލަކަކީ އެމްޑީޕީ ސަރުކާރުގައި ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހިންގާފައިވާ ސިޓީއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް