ރޭގެ ޖަލްސާއަށް ދަތިކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅިކަމުގައި ވީނަމަވެސް، ފެނިގެން ދިޔައީ ރައީސް ޔާމީން އަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ސާފު ތާއީދު ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި ވަނީ ރޭ ޒުވާނުން އިސްނަގައިގެން ބޭއްވި "ރައިޒް އަޕް" އިވެންޓަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި އެ އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ރޭ ރައީސް ޔާމީން އަނެއްކާވެސް ދެއްކެވީ އެމަނިކުފާނާ ސިޔާސީ އެހެން ފަރާތްތަކާ ހުރި ތަފާތު ކަމަށެވެ.
"މީގެ ކުރިން ރައީސް މައުމޫނު ދިނީ އިޖްތިމާއީގޮތުން ތަފާތު. މިއަދު އިލްމީ ނަޒަރިއްޔާތުން ގަވަރނަންސްގެ އިރްޝާދު ދެއްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރޭގެ ޖަލްސާއަށް ދަތިކުރަން ލިފްޓާ އަދި ޓަވަރތަކުން ފެންވެސް ކެނޑި ކަމަށާއި، އެހެންނަމަވެސް ފެނުނީ ރައްޔިތުންގެ ސާފު ތާއީދާއި ރައްޔިތުންގެ އުންމީދު ކަމަށެވެ.
އަދި ދެއިރަށް ދޮގުހަދަމުންދާ އޮއްޓަރެއް ނެތް ބާޒަކަށް މިފިކުރު ޖަހައި ނުގަނެވޭކަން ރޭވެސް ސާބިތުވެގެން ދިޔަ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު