ސަރުކާރުން ބިޑަކާ ނުލާ އެތައް މަޝްރޫޢުތަކެއް ބަހާލާފައިވާއިރު، ރަށަކުން ކުޑަ މަޝްރޫޢެއް ބިޑަކާ ނުކާ ދިން މައްސަލަ ބަލަނީ ކީއްކުރަންތޯ ވިދާޅުވެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސުވާލުކުރައްވައިފިއެވެ.
ވައްޑޭ މިގޮތަށް ސުވާލު ކުރައްވާފައި މިވަނީ އިއުލާންކުރުމެއް ނެތި، ވަކިބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ބިޑަކަށް ނުގޮސް ގއ. ނިލަންދޫ ކައުންސިލުން ހިންގާފައިވާ މަޝްރޫއެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމާ ގުޅިގެންނެވެ.
އާންމު ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ މި މައްސަލައަކީ ގއ. ނިލަންދޫ ކައުންސިލް އިދާރާ އާއި އެރަށުގެ ދެ މިސްކިތުގައި ސޯލާތަކެއް ހަރުކުރުމުގެ މަސައްކަތް އިއުލާން ކުރުމަކާ ނުލާ، ބިޑަކަށް ނުގޮސް "މޯލީ ޕަވަރ ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކާ 6 ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ހަވާލުކުރި މައްސަލައެވެ. މިއީ ވަކިބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ހިންގާފައިވާ ކަމަކަށްވާަތީ، މިކަމަކީ އިންތިހާއަށް ކޮރަޕްޝަން ހިމެނޭ އަމަލެއް ކަމަށް އެ ފަރާތުން ވަނީ އޭސީސީއަަށް ހުށަހެޅި މައްސަލައިގައި ބުނެފައެވެ.
ލޯކަލް ކައުންސިލް ގާނޫނު ބުނާގޮތުން 30،000ރ. އަށްވުރެން ބޮޑު މަޝްރޫއެއް ނަމަ އެ މަސައްކަތް ކުރުވަން ޖެހޭނީ ބިޑުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެންނެވެ. ކައުންސިލުން ބޭނުންވާ ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް ކުރެވޭނީ، ތިން ވަނަ ފަހަރަށް ވެސް ބިޑަށް ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތި ނުލައިފި ހާލަތެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވަނީ މައި ސަރުކާރުން ބިޑަކާނުލާ މަޝްރޫއުތައް ބަހާފައި، ރަށަކުން ކުޑަ މަޝްރޫއެއް ބިޑަކާނުލާ ދިނީމައި ބަލަނީ ކީއްކުރަންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
އޭނާ މި ސުވާލު ކުރައްވާފައި މިވަނީ މިސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 މަޝްރޫއަށް އިޝާރާތް ކުރަމުންނެވެ. މި މަޝްރޫޢުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ މަޝްރޫޢު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު