މާލިއްޔަތު ޤާނޫނަށް އަމަލު ކުރަން ޖެހެނީ ރަށު ކައުންސިލްތަކުން އެކަނިތޯ ވިދާޅުވެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުވާލުކުރައްވައިފިއެވެ.
އަލީ މިގޮތަށް ސުވާލު ކުރައްވާފައި މިވަނީ އިއުލާންކުރުމެއް ނެތި، ވަކިބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ބިޑަކަށް ނުގޮސް ގއ. ނިލަންދޫ ކައުންސިލުން ހިންގާފައިވާ މަޝްރޫއެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަލީ ހުސައިން ވިދާޅުވީ ބިޑަކާ ނުލާ 2.7 ބިލިޔަން ރުފިޔާގެ މަޝްރޫއުތައް މިހާރުގެ ސަރުކާރުން ބަހާލީމަ އެ މައްސަލަ ބަލާނެ އިދާރާއެއް ނެތް ކަމަށެވެ.
އަދި ކުރީގެ މޭޔަރު ބިޑަކާނުލާ މާލޭގެ މަގުތައް ބަހާލީމަ އޭރުގެ ސަރުކާރުންވެސް އަޅާނުލި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މާލިއްޔަތުގެ ގާނޫނަށް އަމަލުކުރަންޖެހެނީ ހަމައެކަނި ރަށުކައުންސިލު ތަކުން އެކަނިތަ؟" އަލީ ހުސައިންގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައި ވާއިރު، މިސަރުކާރުން ދާދިފަހުން ވަނީ ބީލަމަށް ނުލައި 206 މަޝްރޫއެއް ބަހާލާފައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ މަޝްރޫޢުތައް، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ. މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު