ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ދޮންބަންޑާރައިންގެ ހަނދާންތައް މި ޤައުމުގައި އަދިވެސް ވަނީ ދިރިދިރި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ރައީސް ވިދާޅުވީ ދޮންބަންޑާރައިންގެ ހިތުގައި މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތަކަށް ބަދަލެއް ނާންނަކަމަށެވެ.
މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ހޮޅިން ރާއްޖެއަށް ގެނައީ ބިރުވެރި ދުވަސްތަކެއް ކަމަށާއި، ނަމަވެސް އެ ބިރުވެރިކަމުން ރާއްޖެ މިންޖުކޮށްދިނުމަށް މެދުވެރިވީ ދޮންބަންޑާރައިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެ މިންވަންކަންމަތީ ލެހެއްޓުމަށް އެދި ދުޢާ ދަންނަވާފައެވެ.
ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހޮޅިންނާ ދެކޮޅަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދުގައި ހޯއްދެވި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ. ހޮޅިންގެ އަތްދަށުގައި، އެ ނާމާންކަމުގައި ގާތްގަނޑަކަށް 3 މަހެއް ހޭދަވިއެވެ.
އެކަން ނިމުމަކަށް ގެނައީ 200 އެއްހާ ފަހުލަވާނުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރުކޮށް ހަނގުރާމައަށް ނުކުންނެވި ހޯދި ކާމިޔާބީއިންނެވެ. މިލަޝްކަރުގެ ކޮމާންޑަރަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ އާއްމު ނަންފުޅުންނަމަ މުލީގޭ ދޮންބަންޑާރައިންނެވެ.

ކިޔުންތެރިންގެ ހިޔާލު