އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން މިރޭ އިސްތިއުފާދެއްވި ފައްޔާޒް އިސްމާޢީލަށް ހިފެހެއްޓުމެއްނެތް ތަޢުރީފް އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރަށްވައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒު އިސްތިއުފާ ދެއްވުމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ، ފައްޔާޒަކީ ޕާޓީގެ މަސައްކަތުގައި އަބަދުވެސް ހީވާގިކަމާއެކު އުޅުއްވި، ޖަލަށް ދާން ޖެހުނު ވަގުތުވެސް ފަސްޖެހި ވަޑައިނުގެންނެވި ބޭފުޅެއް ކަމަށެވެ.
"ޕާޓީއާ އެކު ފައްޔާޒަށް އިިތުރު ކާމިޔާބީއަށް އެދެން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން މިރޭ އިސްތިއުފާ ދެއްވަމުން ފައްޔާޒް ވިދާޅުވީ، 2023 ގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ކުރީގެ ރައީސް ނަޝީދު ވާދަކުރެއްވުމަކީ އެމްޑީޕީއާއި ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާއަށް ފެނުމުން އެކަމުގައި މެދުމިނުގެ ޙައްލެއް ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ފަހުން ރައީސް ނަޝީދާ މަޝްވަރާކޮށް، ޕްރައިމަރީއެއް ނުބާއްވައި ރައީސް ޞާލިޙް ރިޔާސީ އިންތިހާބަށް ވާދަކުރުމަށާއި، އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމަށާއި، އެ އިންތިޚާބުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގަން އެއްބަސްވެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ނަމަވެސް، ޕާޓީގެ ބައެއް އިސް ފަރާތްތަކުން އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިޔުމަށް ނިންމި ކަމަށާއި، ޕްރައިމަރީ ނިމުނުއިރު އެތައް އަހަރެއްގެ މަސައްކަތް ބޭކާރުވެ، ރަހުމަތްތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލުނު ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު