ރައްޔިިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު
ރައްޔިިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްމާއިލް އިސްތިޢުފާ ދެއްވުމަކީ، ޕާޓީގެ ތެރޭގައި ހިނގާ "ޢާއިލީ ތަޅާފޮޅުންތަކުން" ނެއްޓި، ކުރިއަށް ދިއުމަށް ދެއްވި މާނަވީ މެސެޖެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ ވިދާޅުވެއްޖެއެވެ.

ރީކޯ މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްތިޢުފާ ދެއްވުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރީކޯ ވިދާޅުވީ، އެމްޑީޕީއަކީ އެތައްހާސް ރައްޔިތުންގެ އުއްމީދުތަކާއެކު ރާއްޖެ މިއަދު މިދެކޭ، ރައްޔިތު އެންމެންނަށް ބައިއެޅޭ މެނިފެސްޓޯގެ ސަބަބުން ވެރިންނަށް ރައްޔިތުންގާތު އަހައިގެން ވެރިކަން ކުރަން ޖާގަ ހޯދާދިން ޕާޓީ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވެ އޮންނަތާ އެތައް އަހަރަކަށްފަހު ދައުލަތަށް ލިބޭ އާމްދަނީން ޓެކްސް ތަޢާރަފްކުރީ އެމްޑީޕީން ކަމަށް ރީކޯ ވިދާޅުވިއެވެ. އަދި ޤައުމުގެ ރައްޔިތުން ކަންކަމަށް ސަލާންނުޖަހާ އުޅެވޭނެ ނިޒާމެއް ތަޢާރަފްކޮށް، ވެރިކަމަކީ އެންމެން ބައިވެރިވެގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަނޑައަޅާދިން ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް ރީކޯ ވިދާޅުވެފައިވެއެވެ.

އެމްޑީޕީއަށް ކުރިއެރުމާއި ހަމަޖެހުން ގެނެވިދާނެ ކަމަށް ދެކި ޕާޓީގެ ޗެއަރގެ އިސްތިޢުފާ ދެއްވުމަކީ، އެމްޑީޕީގެ މާޒީއަށް ބަލާއިރު ޑިމޮކްރެޓިކް އުސޫލުން މިޕާޓީގައި ހިނގަމުން އަންނަ ކަމެއް ކަމަށްވެސް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ ވިދާޅުވިއެވެ.

ރީކޯ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހާއި، އަދި ޢާއްމު މެމްބަރުން އަޑުއަހަންވީ މަޢުނަވީ އެއް ވާހަކައަކީ ޢާއިލީ ތަޅާފޮޅުމުން ނެއްޓި އެމްޑީޕީ ކުރިއަށް ދާންޖެހޭކަމަށް ފައްޔާޒް ދެއްވި މެސެޖް ކަމަށް ވިދާޅުވެފައެވެ. އޭގެއިތުރުން އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމުގައި މި މެސެޖަކީ ރިޢާޔަތް ކުރަން ރަނގަޅުކަމެއްގެ ގޮތުގައި އެންމެން ދެކެންޖެހޭނެ ކަމަށް ރީކޯ ވިދާޅުވިއެވެ.

ރީކޯ ވަނީ ފައްޔާޒް ކޮށްދެއްވި އުނދަގޫ ބުރަ މަސައްކަތަށް އެމްޑީޕީގެ ޢާއްމު މެމްބަރެއްގެ ޙައިސިއްޔަތުން ޝުކުރު ދަންނަވާފައެވެ. އަދި ފައްޔާޒްގެ ހިދުމަތްތަކަކީ ޕާޓީގެ ކުރިމަގަށް އަގުހުރި ހިދުމަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރީކޯ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް ވަނީ އިއުލާނު ކުރަށްވާފައެވެ. އަދި ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ސިޔާސީ ވާދަވެރިކަން މި ދެދުވަހު އެމްޑީޕީގެ ތެރޭގައި އަލުންވަނީ ހިލިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް