އެމްޑީޕީގެ ޑިމޮކްރެޓިކް އާއިލާގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ މަސްރަޙް ގޯސްވެ، ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ފައްޔާޒްގެ އިސްތިއުފާ އާއި ގުޅިގެން ޑރ. ޝަމްހީދު ވިދާޅުވީ، ފައްޔާޒް ޕާޓީއަށްޓަކައި ކުރެއްވި ބުރަ މަސައްކަތްތަކާއި، ޚިދުމަތްތަކަށް ޝުކުރުއަދާކުރަށްވާ ކަމަށެވެ. އަދި މި ދަނޑިވަޅަކީ އެކަކު އަނެކަކާ ދުރުކޮށް، ވަކިކޮށްލުން ފަސޭހަ ދަނޑީވަޅެއްކަމަށް ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ
"މި ދަނޑިވަޅުގައި، އަޅުގަނޑުމެން އިޚްތިޔާރުކުރަންޖެހެނީ އަޑުއެހުމާއި، އިޙްތިރާމްކުރުމާއި، އަޅުގަނޑުމެންގެ ޑިމޮކްރެޓިކް އާއިލާގެ އެއްބައިވަންތަކަން ރައްކާތެރި ކުރުމެވެ." ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ޑރ. ޝަމްހީދު ވަނީ، މުޅި ޕާޓީގެ މަޤްސަދު އެއް އަމާޒަކަށް އެއްގޮތަކަށް ދެމިހުންނަން ޖެހޭނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެތެރޭގެ ޙާލަތު ރަނގަޅު ކުރުމަށް ޕާޓީގެ އޭރާއި މިހާރުގެ އިސް ވެރިން ގެންދަވަނީ ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު